ރައީސް ސޯލިހު 167 ރަށަށް, މުއިއްޒު 91 ރަށަށް

ކެމްޕޭނުގެ އެންމެ ފަހު ބޮޑު ޖަލްސާގެ ގޮތުގައި ރޭ އައްޑޫގައި ބޭއްވި ޖަލްސާގެ ބައިވެރިން -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ކެމްޕޭނުގެ އެންމެ ފަހު ބޮޑު ޖަލްސާގެ ގޮތުގައި ރޭ އައްޑޫގައި ބޭއްވި ޖަލްސާގެ ބައިވެރިން -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ދީފައިވާ މުއްދަތު މިއަދު ހަވީރު ހަޔަކަށް ހަމަވާއިރު، މައި ދެ ކެންޑިޑޭޓުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހު ދަތުރުގެ ގޮތުގައި މިއަދު ވަނީ ފ. އަތޮޅަށް ދަތުރު ފަށްޓަވައިފަ އެވެ. އެއީ މި ކެމްޕޭނުގައި އެ މަނިކުފާނު ކުރިން ވަޑައިނުގެން އޮތް އަތޮޅެކެވެ.

ރައީސް ސޯލިހު ކެމްޕޭނު ދަތުރުތައް ފެއްޓެވީ ޖުލައި 9 ގައި ށ. އަތޮޅުންނެވެ. ކ އަތޮޅާއި އދ. އަތޮޅާއި ތ. އަތޮޅު އަދި ފ. ބައެއް ރަށްތައް ފިޔަވައި، އެހެން އަތޮޅުތަކުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލު ކުރެއްވެވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހު; ކެމްޕޭނުގައި 163 ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު
އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހު; ކެމްޕޭނުގައި 163 ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހު; ކެމްޕޭނުގައި 163 ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު

ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމުގެ އަޒުމުގައި ކެމްޕޭން ފެއްޓެވި ނަމަވެސް މަދު ރަށްތަކަކަށް ރައީސަށް ވަޑައިނުގެންނެވުނީ ސިއްހަތު ތަން ނުދިނުމާއި, މޫސުން ތަން ނުދިނުމާއެކު، ދަތުރުގެ ތާވަލަށް ގެންނަން ޖެހުނު ބަދަލުތަކުގެ ސަބަބުންނެވެ.

ވާދަވެރި ކެންޑިޑޭޓް, މުއިއްޒުގެ ބައެއް ދަތުރުތައް ވެސް ސިއްހަތު ތަން ނުދިނުމުގެ ސަބަބުން ފަސް ކުރަން ޖެހިވަޑައިގެންނެވި އެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ދެ ކެންޑިޑޭޓުންނަށް ވެސް ދަތުރު ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ރައީސް ސޯލިހު ދަތުރުތައް ފެއްޓެވި ނަމަވެސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި އޮތުމުން އެ ކޯލިޝަންގެ އެހެން ކެންޑިޑޭޓެއް ކަނޑައެޅުން ވެސް އެންމެ ފަހު ވަގުތާ ހަމައަށް ދިގުލައިގެން ދިޔަ އެވެ.

ޔާމީންގެ މައްޗަށް ތަންފީޒުކުރަމުން ގެންދާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު އެމަނިކުފާނަށް ގެއްލިގެން ދިޔަ އެވެ. އެ ދަނޑިވަޅަށް މުއިއްޒު ގެންދެވީ ދުރާލައި ތައްޔާރުވަމުންނެވެ. ނަތީޖާއަކަށްވީ އިންތިހާބު އިންތިހާބު ބޮއިކޮޓްކުރަން ޔާމީން އިރުޝާދު ދެއްވި ނަމަވެސް، ޕީއެންސީގެ ސެނެޓުން ފާސްކޮށްގެން ޓިކެޓު ވެސް ހޯއްދެވުމެވެ. މިހާރު އެ ކޯލިޝަން ފެންނަނީ އެކުވަފައިވާ ތަނެވެ. އެހެންވެ، މުއިއްޒަށް ދަތުރުތައް ފެއްޓުނީ އޯގަސްޓު 12 ގަ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ 187 ރަށުގެ ތެރެއިން އިއްޔެގެ ނިޔަލަށް 163 ރަށަކަށް ވަޑައިގެންނެވި އިރު، މުއިއްޒު ވަޑައިގެންނެވީ 91 ރަށަށެވެ. މިއަދު ރައީސް ސޯލިހު މިއަދު ޒިޔާރަތް ކުރައްވާ ރަށްތަކާއެކު ވަޑައިގެންނެވި ރަށްތަކުގެ އަދަދު އިތުރުވެގެންދާނެ އެވެ. މިއަދު ރައީސް ވަޑައިގަންނަވަނީ ފ. އަތޮޅު ނިލަންދޫ، ބިލެތްދޫ، އަދި ކ ދިއްފުށްޓާއި ހިންމަފުށްޓަށެވެ. މި ހަތަރު ރަށާއެކު ރައީސް މި ކެމްޕޭނުގައި ވަޑައިގެންވި ރަށްތަކުގެ އަދަދު 167 އަށް އަރާނެ އެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު; ކެމްޕޭނުގައި 91 ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު
ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު; ކެމްޕޭނުގައި 91 ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު; ކެމްޕޭނުގައި 91 ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު

ރައީސް ސޯލިހުގެ ދަތުރުތައް ނިންމާލެއްވީ ރޭ އައްޑޫ ސިޓީންނެވެ. މުއިއްޒު އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ އިއްޔެ ވިލިމާލެށެވެ.

އިންތިހާބުގެ އަދާހަމަ

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 282،000 އަށް ވުރެ ގިނަ އެވެ.

ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 574 ވޯޓުފޮށި ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.

އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ މި އިންތިހާބުގައި ރައީސް ސޯލިހާއި މުއިއްޒުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަ ކުރައްވަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕަސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox