އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ސިޓީއެއް ކަމަށް ބުނެ ފަތުރަނީ އަސްލެއް ނޫން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : ފަތުރެމުންދާ ސިޓީއަކީ ދޮގެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : ފަތުރެމުންދާ ސިޓީއަކީ ދޮގެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ސިޓީއަކީ އަސްލެއް ނޫން ކަމަށް ބުނެ ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބޭރު ގައުމެއްގެ ވެރިޔެއްގެ ނަން މަތީގައި 'ފެބްރިކޭޓް' ކޮށް ފަތުރަމުންދާ ސިޓީއެއްގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ހިމެނޭ މައުލޫމާތު ނޫހެއްގައި ޝާއިރުކޮށްފައިވާތީ، އެގޮތަށް ކަންތައް ނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެ.

"އެ ސިޓީއަކީ އަކީ އަސްލެއް ނޫން، ސިޓީގައިވާ ވާހަކަތަކަކީވެސް އަސްލެއް ނޫން، ގާތް ގައުމަކާއެކު އޮތް ގުޅުމަށް ބުރޫއަރާފާނެ ގޮތަކަށް ފަތުރަމުންދާ މި ސިޓީ މި މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން"

Advertisement

މިނިސްޓްރީގެ ޓުވީޓުގައި އިތުރަށް ވަނީ އާންމުން އަދި ނޫސްވެރިންވެސް ޒިންމާދާރުވެ، ދޮގު މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވެފަ އެވެ.

ޑރ. ޖައިޝަންކަރުގެ ނަމުގައި ފެތުރެމުންދާ ސިޓީގައި މައިގަނޑު ގޮތެއްގައި ވަނީ ހދ. ހަނިމާދޫ، އުތުރު ތިލަފަޅު އަދި އައްޑޫ ސިޓީއިން ބިންތަކެއް އިންޑިއާގެ ސިޔާދަތީ ބާރު ހިނގާ ގޮތަށް 99 އަހަރަށް ބިންތަކެއް ދިނުމުގެ ވާހަކަ އެވެ. އަދި، އިންޑިއާގެ މިލިޓަރީ ޑްރޯންތަކެއް ރާއްޖެއަށް ދިނުމުގެ ވާހަކަތަކަކާއި ރާއްޖެއިން އެ ގައުމަށް ދައްކަން ޖެހޭ ފައިސާތަކެއް މާފުކޮށްދިނުންވެސް ސައްހަ ނޫން ސިޓީގައި ހިމަނާފައިވެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިކަން ދޮގުކޮށްފައިވާއިރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން އަދި އިސްވެރިން ދަނީ މިއީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox