ހުޅުމާލެ ފެރީ ޓާމިނަލާ ޖެހިގެން މެރީނާއެއް ތަރައްގީކުރަން ޖީޕީއެލް ހޯލްޑިންގްސް އާ ހަވާލުކޮށްިފ

ހުޅުމާލޭގައި މެރީނާއަކާއި ސަޕޯޓިން ފެސިލިޓީއެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން--- ފޮޓޯ:އާބަންކޯ

ހުޅުމާލޭގައި މެރީނާއަކާއި ސަޕޯޓިން ފެސިލިޓީއެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން--- ފޮޓޯ:އާބަންކޯ

ހުޅުމާލެ ފަޅުތެރޭގައި ސްޕީޑް ލޯންޗާއި ޑިންގީތަކަށް ހާއްސަ މެރީނާއެއް ތަރައްގީކުރުމަށް އާބަންކޯ އިން ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ބުދަ ދުވަހު ހަވާލުކޮށްފި އެވެ.

ހުޅުމާލެ ފެރީ ޓާމިނަލުގެ ދެކުނުން ތަރައްގީކުރާ މި މެރިނާ އަކީ ކުދި ޑިންގީ ތަކުން ފެށިގެން ގޮސް ލަގްޒަރީ ޔޮޓްތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ ތަނެކެވެ. އެ ތަނުގައި އެކަމަށް ހާއްސަ ބަނދަރަކާއި ސަޕޯޓީން ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖީޕީއެލް ހޯލްޑިންގްސް އިން ވަނީ މި ހިތްގައިމު މަޝްރޫއާ ގުޅޭ ތަފްސީލު "އަދަދު" ނޫހާ ހިއްސާކޮށްފަ އެވެ.

އެކުންފުނިން ބުނި ގޮތުގައި މި މެރީނާގެ ސަޕޯޓިން ފެސިލިޓީ ގާއިމުކުރާނީ ފެރީ ޓާމިނަލާއި ހުޅުމާލެ ރަށު މާރުކޭޓާ ދޭތެރޭ ހުންނަ ޕާކިމް ޒޯނުގަ އެވެ. އެއީ އެމްޓީސީސީގެ ބަސް ޕާކް ކުރުމަށް ބޭނުންކުރަމުން ދިޔަ ސަރަހައްދެވެ. އާބަންކޯ އިން ވަނީ އެ ތަން ހުސްކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

ޖީޕީއެލް އާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ މެރީނާގެ ކުރެހުމަށް
ޖީޕީއެލް އާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ މެރީނާގެ ކުރެހުމަށް

ޖީޕީއެލް އާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ މެރީނާގެ ކުރެހުމަށް

މެރީނާގައި ހުންނާނެ ހާއްސަ ސިފަތައް

ޖީޕީއެލް ހޯލްޑިންގްސް އިން ބުނިގޮތުގައި މި މެރީނާގައި ޖުމްލަ 133 އުޅަނދަށް ފަސޭހަކަމާއެކު އެއްފަހަރާ ބަނދަރު ކުރެވޭނެ ޖާގަ ހުންނާނެ އެވެ. އޭގެ ތެރެއިން 33 ޖާގަ ހާއްސަކޮށްފައިވަނީ "މެޖެސްޓީ" ފަދަ ލަގްޒަރީ ޔޮޓްތަކަށް ބަނދަރުކުރެވޭ ގޮތަށެވެ. ބާކީ ޖާގަ ހާއްސަކުރަނީ ބިގް ގޭމް ފިޝިން ފަދަ ހަރަކާތްތައް ހިންގާ ލޯންޗުތަކުން ފެށިގެން ގޮސް ކުދި ޑިންގީތަކަށެވެ.

މި މެރީނާއިން އުޅަނދުފަހަރަށް ފެނާއި ފިއުލިންގެ ހިދުމަތް ލިބެން ހުންނައިރު 24 ގަޑިއިރު މޮނިޓާ ކުރާ ސީސީޓީވީ ކެމެރާވެސް ހަރުކޮށްފައި ހުންނާނެ އެވެ.

ހުޅުމާލޭގެ މަލަމަތި ބަދަލުކޮށްލާނެ މި މެރީނާގެ ހިތްގައިމުކަން ގެނުވައިދޭނީ އެތަނުގައި ގާއިމުކުރާ ސަޕޯޓިން ފެސިލިޓީންނެވެ. ހަތަރު ފްލޯއަށް އިމާރާތްކުރާ މި ފެސިލިޓީގެ ބޭސްމެންޓް ހާއްސަކޮށްފައިވަނީ ކާރު ޕާކިން އަށެވެ. އެގޮތުން ގާތްގަނޑަކަށް 100 ކާރަށް ޕާކު ކުރެވޭނެ ޖާގަ މިތަނުން ލިބޭނެ އެވެ.

ފެސިލިޓީގެ ގްރައުންޑު ފްލޯއިން 24 ގަޑިއިރު ހިދުމަތް ދޭ ފިހާރަ އާއި ރެސްޓޯރަންޓުގެ ހިދުމަތް ލިބެން ހުންނަ އިރު ފުރަތަމަ ފްލޯ ހާއްސަކުރަނީ ރިސޯޓުތަކާއި ހޮސްޕިޓަލިޓީ އިންޑަސްޓްރީ އާ ގުޅުންހުރި އޮފީސް ސްޕޭސްތަކަށެވެ. އަދި ރޫފްޓޮޕްގައި ވީއައިޕީ ލައުންޖެއްވެސް ހުންނާނެ އެވެ. މީގެ އިތުރުން ކޯލްޑް ސްޓޯރޭޖްގެ ހިދުމަތްވެސް މި ތަނުން ފޯރުކޮށްދޭނެ އެވެ.

ޖީޕީއެލް
ޖީޕީއެލް

ޖީޕީއެލް އާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ މެރީނާގެ ކުރެހުމަށް

ޖީޕީއެލް ހޯލްޑިންގްސް އިން ބުނީ މި މަޝްރޫއާއެކު ހުޅުމާލެއަށް އިގްތިސާދީ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އުޅަނދުފަހަރަށް ރައްކާތެރި މާހައުލެއް ލިބިގެންދާއިރު ޒުވާނުންނަށް އެތައް ވަޒީފާއެއް މި މެރީނާއިން އުފެދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ފެސިލިޓީ އޮޕަރޭޝަނަށް ގެންނައިރު ފެސިލިޓީގެ ވީއައިޕީ ލައުންޖުގަ ތިބެގެން ވީއައިއޭއިން ފުރާ ފްލައިޓުތަކަށް ޗެކިން ކޮށްލުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބުންޏެވެ.

ޖީޕީއެލް އިން އަންނަނީ މި ތަނުގެ މަސައްކަތް އަންނަ މަހު ފެށުމަށް ތައްޔާރު ވަމުންނެވެ. އަދި އަހަރެއް ތެރޭ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ.

ހުޅުމާލެ ބަލަހައްޓާ އާބަންކޯ އިން ހާމަކުރި ގޮތުގައި މި މަޝްރޫއާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެ، ދިވެހި މަސްވެރިކަމުގެ ސިނާއަތަށްވެސް ފައިދާކުރާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox