މަތިވެރި ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅަން މުއިއްޒު ވައުދުވެެއްޖެ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އއ. މަތިވެރިއަށް ވަަޑައިގެންނެވުމުން މަރުހަބާކިޔަން ނުކުމެ ތިބި ބަޔަކާ ސަލާމްކުރައްވަނީ. ފޮޓޯ:ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އއ. މަތިވެރިއަށް ވަަޑައިގެންނެވުމުން މަރުހަބާކިޔަން ނުކުމެ ތިބި ބަޔަކާ ސަލާމްކުރައްވަނީ. ފޮޓޯ:ޕީޕީއެމް

އއ. މަތިވެރީގެ ފަޅުތެރެއިން ބައެއް ހިއްކައިގެން އެއާޕޯޓެއް އަޅަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ޕީޕީއެމް/ޕީއެންސީން މަތިވެރީގައި މިއަދު ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އަރި އަތޮޅަކީ ޓޫރިޒަމްގެ ގިނަ ފުރުސަތުތަކެއް އޮތް ސަރަހައްދެއް ކަމަށް ވިޔަސް އެ ސިނާއަތު އެ ސަރަހައްދުގައި އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެ ކަމަށް ޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި އެއާޕޯޓެއް ހެދުމެވެ.

"އެހެންވީމާ މި ފަޅުތެރޭގައި، އިރާދަކުރެއްވިއްޔާ މިރަށާ ގުޅިގެން، [ބިން ހިއްކައި] އެއާޕޯޓެއް އަޅާނަން." އަދި [އެއީ] ވަރަށް އަވަހަށް ކުރިއަށް ގެންދާ މަޝްރޫއުކަށް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

އެއާޕޯޓް އަޅަން ބިން ހިއްކާއިރު މަތިވެރީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ބޭނުންވާ ބިން އިތުރުކުރަން ވެސް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް އެހެން ބޭފުޅުން ތުހުމަތުކުރައްވަ އެވެ. މަތިވެރީގައި ބޭއްވި ޖަލްސާގައި އެ ތުހުމަތުތަކަށް ވެސް މުއިއްޒު ރައްދުދެއްވި އެވެ.

"ހުއްޓިފައި މިއޮތީ މި ފަސް އަހަރު، މި ފަސް އަހަރު މިދިޔައީ ހުއްޓިގެން. އަޅުގަނޑުމެން މި އަންނަނީ ފަށްޓައިގެން ބާރަށް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބު ވެއްޖެ ނަމަ، މިހާރު ފަށާފައިވާ ހުރިހާ މަަޝްރޫއެއް ވެސް ކުރިއަށް ގެންދަވާނެ ކަމަށާއި އެހެން ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިހާރު ހަމަ އެކަނި ސޮއިކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށާއި "އިންތިހާބަށް ކަޑަޖަހަން" ސޮއިކުރި މަޝްރޫއަކަށް ވިޔަސް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox