ފުލުހުން ބުނަނީ މަތިވެރިން މުއިއްޒަށް ހަމަލާ ދޭން އުޅެފައި ނެތް ކަމަށް

މުއިއްޒަށް ހަމަލާދޭން ބަޔަކު މަސައްކަތްކުރި ކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގައި މީހަކު ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ --- ފޮޓޯ; ސްކްރީންޝޮޓް

މުއިއްޒަށް ހަމަލާދޭން ބަޔަކު މަސައްކަތްކުރި ކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގައި މީހަކު ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ --- ފޮޓޯ; ސްކްރީންޝޮޓް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އއ. މަތިވެރިއަށް ވަޑައިގެން އުޅުއްވަނިކޮށް، ހިނގި ހަމަނުޖެހުމުގެ ތެރެއިން އޭނާއަށް ބަޔަކު ހަމަލާ ދޭން އުޅެފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ސަޕޯޓަރުން ގެންދަނީ މުއިއްޒަށް ހަމަލާ ދޭން އުޅެފައިވާ ކަމަށް ބުނެ ވީޑިއޯއެއް ދައުރުކުރަމުންނެވެ.

"ސަންގު ޓީވީ" ގެ ލައިވްފީޑުން ފެންނަ ގޮތުން މުއިއްޒަށް މަރުހަބާ ކިޔަން އެ ރަށުގައި ދަމާފައިވާ ސަފުގައި ތިބި މީހުނާ ސަލާން ކުރަމުން ދަނިކޮށް، އެ ތަނުގެ ކައިރީ ހުރި މީހަކު އޭނާއާ ޒުވާބު ކުރަން ފަށާ ތަން ފެނެ އެވެ. އެއާއެކު ވަށައިގެން ތިބި މީހުން ގޮސް އޭނާ ދުރުކުރާ ތަން ފެނެ އެވެ.

Advertisement

ވީޑިއޯއިން ދެން ފެންނަނީ އިތުރު އެހެން މީހަކު އެ ދިމާއަށް ދާން އުޅުމުން ފުލުހުން ހިފަހައްޓައި އެ މީހަކު ވެސް ދުރަށް ޖައްސާ މަންޒަރެވެ.

ފުލުހުން ބުނީ އއ. މަތިވެރީގައި ދެ މީހެއްގެ ދެމެދުގައި އަތުން ބޭއަދަބީ އިޝާރާތްތަކެއް ކުރުމަށް ފަހު، ހަމަނުޖެހުން ހިންގަން ފެށުމުން އެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. މައުލޫމާތު ސާފުކުރުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒަށް ހަމަލާ ދޭން އުޅެފައިވާ ކަމެއް ނުބެލެވޭ،" ފުލުހުން މީޑިއާތަކަށް ހިއްސާކުރި ޓެކްސްޓް މެސެޖުގައިވެ އެވެ.

މަތިވެރިން "އަދަދު" ނޫހަށް ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި، މުއިއްޒަށް މަރުހަބާ ކިޔަން ދަމާފައިވާ ސަފާ ތަންކޮޅެއް ދުރުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން މީހަކު މުއިއްޒަށް ސަލާން ކުރާށޭ ކިޔާފައި އެ ދިމާއަށް ބާރަށް ދުއްވާ ގަތް ކަމަށެވެ. އެއީ ވީޑިއޯއިން ފެންނަ ކަޅު ޓީޝާޓެއް ލައިގެން ހުރި މީހާ އެވެ.

އޭނާ ގޮސް އަތް ހޫރާލުމުން، ވަށައިގެން ތިބި ޕީޕީއެމްގެ ސަޕޯޓަރުން އެ މީހާ ދުރަށް ޖެއްސި ކަމަށް އޭނާ ބުންޏެވެ. އެ ވަގުތު ދުރުގައި ހުރި އެމްޑީޕީގެ އިތުރު ސަޕޯޓަރަކު އެ އައި ފޯރީގައި އެ ދިމާއަށް ދުއްވާ ގަތުމުން، ފުލުހުން ގޮސް އޭނާ ހިފެހެއްޓީ ކަމަށެވެ.

"އެ މީހުން ދެން އެ ތަނާ ދުރަށް ޖެއްސި ގޮތަށް އެބަ ތިބި، ހައްޔަރެއް ނުކުރޭ،" އޭނާ ބުންޏެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ދިނުމަށް ގާނޫނުގައި ބަޔާން ކުރާ ސެކުއިރިޓީ ޑރ. މުއިއްޒަށް ވެސް ފުލުހުންގެ ހިދުމަތުން ގެންދަނީ ދެމުންނެވެ. މީގެ ކުރިން ކ. ގުރައިދުއަށް މުއިއްޒު ވަޑައިގަންނަވަން އުޅުއްވަނިކޮށް، އެ ރަށުގެ ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުމެއް ހިންގާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox