ގަލަސް ބުނަނީ ހަވާޓްޒް އާސެނަލްގައި ފްލޮޕްވާނެ ކަމަށް

Sep 3, 2023, 6:55 AM
ގަލަސް ބުނަނީ ހަވާޓްޒް އާސެނަލްގައި ފްލޮޕްވާނެ ކަމަށް

ލަންޑަން (ސެޕްޓެމްބަރު 3) - ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވި ޖަރުމަންގެ ފޯވާޑް، ކައި ހަވާޓްޒް އާސެނަލްގައި ފްލޮޕްވާނެ ކަމަށް ޗެލްސީ އާއި އާސެނަލްގެ ކުރީގެ ޑިފެންޑަރު ވިލިއަމް ގަލަސް ބުނެފި އެވެ.

ހަވާޓްޒް 24، ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވީ 65 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ. މިދިޔަ ސީޒަން ނިމުމާ އެކު ޕްރީ ސީޒަންގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން އާސެނަލުން ވަނީ ކައި ހަވާޓްޒްގެ ސޮއި ހޯދައިފަ އެވެ.

އާ ކުލަބާ އެކު ޕްރީ ސީޒަންގެ މެޗުތަކުގައިވެސް ކުޅެ އަދި ޕްރިމިއާ ލީގުގައި މިހާތަނަށް އާސެނަލުން ކުޅުނު ތިން މެޗުގައި ވެސް ހަވާޓްޒް ވަނީ ކުޅެފަ އެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ހަވާޓްޒް އަށް ގޯލެއް ނުޖެހުނުއިރު، އެސިސްޓެއް ވެސް ކޮށްދެވިފައެއް ނުވެ އެވެ.

އާސެނަލްގެ ކުރީގެ ޑިފެންޑަރު ގަލަސް ބުނީ ހަވާޓްޒް ސޮއިކުރުމަކީ އާސެނަލުން ނިންމި ގޯސް ނިންމުމެއް ކަމަށާއި، ހަވާޓްޒް އަށް ހޭދަކުރި 65 މިލިއަން އެހެން ކުޅުންތެރިއަކަށް ހޭދަކުރިނަމަ މާ ރަނގަޅުވާނެ ކަމަށެވެ.

އާސެނަލާ އެކު މިހާ ގިނަ ވަގުތު ލިބުނުއިރު އަދިވެސް ކައި ހަވާޓްޒަށް އޭނާ ބޭނުންވާ މަގާމުގައި ނުކުޅެވޭ ކަމަށާއި، އާސެނަލްގައި ގޭމް ޕްލޭނަށް ވެސް އޭނާ ފިޓު ނުވާކަމަށް ގަލަސް ބުނެފައިވެ އެވެ.

އާސެނަލްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ގަލަސް ބުނީ އާސެނަލް ކަހަލަ ޓީމަކަށް ކުޅޭ ފެންވަރު ހަވާޓްޒްގެ ކިބައިގައި ނެތް ކަމަށާއި، އެ ޓީމުގައި އޭނާ ވާނީ ފްލޮޕަކަށް ކަމަށެވެ. އޭނާ ބުނީ އާސެނަލުން މިދިޔަ ސީޒަންގައި ކުޅުނު ގޮތަށް ކުޅެން މިހާރު ޖެހިއްޖެ ކަމަށާއި، ހަވާޓްޒް ކޮންމެ މެެޗެއްގައި އަރުވައިގެން ކުރަން ބޭނުންވާ ކަންކަން ހާސިލް ނުވާ ކަމަށެވެ.

ހަވާޓްޒް އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދެމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެޓީމްގައި ތިބި ބައެއް ކުޅުންތެރިންނަަށް އެކަހަލަ ފާޑުކިޔުން އަައުމަކީ އާންމު ކަމެއް ކަމަށާއި، ކައި ހަވާޓްޒް އަށް އާސެނަލްގައި މޮޅު ކުޅުމެއް ދެެއްކޭނެކަމުގެ ޔަގީންކަން އޭނާގެ އެބައޮތް ކަމަށެވެ.

މިސާލެއްގެ ގޮތުން އާޓެޓާ ބުނީ މިހާރުގެ ކެޕްޓަން މާޓިން އޮޑެގާޑަށް ވެސް ތަފާތު ދައްކަން ވަގުތު ނެގިކަމަށާއި، ގްރޭނިޓް ޝަކާ ކަހަލަ ކުޅުންތެރިންނަށް ވެސް އެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާގެ ފުރިހަމަ އިތުބާރު ހުރިހާ ކުޅުންތެރިންނަށް ވެސް އޮންނާނެ ކަމަށާއި، ހަވާޓްޒްގެ މޮޅު ކުޅުން ވަރަށް އަވަހަށް ފެންނާނެ ކަމަށް އާޓެޓާގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ނުކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މި މެޗުގައި އާސެނަލްގެ މިޑްފިލްޑަރު ތޯމަސް ޕާޓޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox