ކެންޑިޑޭޓުންގެ ފަހުބަސް: ވޯޓު ދޭންވީ ކީއްވެ؟

ރިޔާސީ ބަހުސްގައި ރައީސް ސޯލިހާއި މުއިއްޒު; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި ރައީސް ސޯލިހާއި މުއިއްޒު; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

ރޭ ސަންގު ޓީވީން, އިތުރު މީޑިއާތަކާ ގުޅިގެން ގެނެސްދިން ރިޔާސީ ބަހުސްގައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ އަށް ކެންޑިޑޭޓުންގެ ފަރާތުން ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ލިބިގެން ދިޔަ އެވެ. ބަހުސް ނިންމާލަމުން ކެންޑިޑޭޓުންނަށް ދިން ފަހު ފުރުސަތުގައި, ކޮންމެ ކެންޑިޑޭޓަކު ވެސް ވަނީ އެ ކެންޑިޑޭޓަކަށް ވޯޓު ދޭންވީ ސަބަބުތައް ހާމަކުރައްވާފަ އެވެ.

ބަހުސް އެންމެ ފޯރިގަދަވެގެން ދިޔައީ އިންތިހާބުގައި އެންމެ ގިނަ މީހުންގެ ތާއިދު ލިބިފައިވާ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި, އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ލިބިވަޑައިގެންނެވި ދެ މިނިޓުގެ ވަގުތުކޮޅުގައި ވޯޓު ދޭންވީ ސަބަބުތައް ލިސްޓު ކުރައްވާފަ އެވެ.

ރައީސް ސޯލިހް: ކުރިން ކަން ހިނގި ގޮތާއި, މި ދައުރުގައި ކޮށްދިން ކަންކަން

ވޯޓު ދޭންވީ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ, މާޒީގައި ކަން ހިނގާފައިވާ ގޮތާއި, މިހާރު ހިނގަމުންދާ ވެރިކަމުގައި ކަންކަން ހިނގާފައިވާ ގޮތެވެ. އެމަނިކުފާނު ވަނީ, ވޭތުވެދިޔަ 20 އަހަރު ރާއްޖެ ކަޑައްތު ކުރި ދުވަސްތަކާ ދޭތެރޭ ވިސްނުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"އަނިޔާވެރިކަމާއި ބިރުވެރިކަމާއި ހަމަނުޖެހުމާއި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ފަސް އަހަރު ހޭދަކުރީ. ވެރިއަކު ވެއްޖިއްޔާ, ޕާޓީގެ ލީޑަރަކު ވެއްޖިއްޔާ ހުރީ ޖަލުގައި. ނޫހެއްވެއްޖިއްޔާ އޮތީ ބަންދުކޮށްފައި, ވާހަކައެއް ނުދެއްކޭ. މިކަހަލަ އެތައް އަނިޔާވެރިކަމެއް ތަހައްމަލުކޮށްފިން," ރައީސް ޔާމީންގެ ވެރިކަމުގެ ބައެއް ވާހަކަތައް ހަނދާންކުރައްވާ ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަހުސްގައި ރައީސް ސޯލިހް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ ބަހުސްގައި ރައީސް ސޯލިހް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި ރައީސް ސޯލިހް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

އެއަށްފަހު 2018 ގައި ވެރިކަމާ ހަވާލުވެގެން ގިނަ ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަށް ކޮށްދޭން ޖެހުނުކަން ފާހަގަކުރައްވާ ރައީސް ވަނީ, 141 ރަށަށް ފެނާއި ނަރުދަމައާއި, 152 ރަށަށް ކަރަންޓާއި, 125 ރަށަށް ލަފާ ފުރުމުގެ އިތުރުން 127 ރަށަކަށް އެމްބިއުލާންސް ފޮނުވުން ފަދަ އެތައް ކަމެއް ކުރަން ޖެހުނު ކަމަށް ވިދާޅުވެފަ އެވެ.

މި ދައުރުގައި ކުރެވުނު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ މީހުން ބިނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި, މިނިމަމް ވޭޖު ކަނޑައެޅުމާއި, ޖިންސީ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވުނު ކަންކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިތުރަށް ދެން އަމާޒު ހިފާފައި ވަނީ އިގްތިސޯދު ދެގުނަ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި ރާއްޖޭގެ އިކޮނޮމީގެ ސައިޒަކީ 81 ބިލިއަން ރުފިޔާ. 2028 އަންނައިރުގައި އެ ދެ ގުނަވެ, 170 ބިލިއަނަށް އަރާނެ. އަޅުގަނޑުމެން އައިއިރުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެނީ 22 ބިލިއަން ރުފިޔާ. 10 އަހަރު ތެރޭގައި 50 ބިލިއަނަށް އެ އަރާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގެންނެވީ އެކަންކަމަށް ވިސްނުމަށްފަހު އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.

މުއިއްޒު: މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ހިފެހެއްޓުމަށް

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި, ގައުމަށް މިހާރު ބޭނުންވާ ކަމަކީ އަނިޔާވެރިކަން ނިމިގެންގޮސް ހަމަޖެހުން އައުމެވެ. އޭނާ ވިދާޅުވީ އަދުލުވެރިކަމާއެކީ ވެރިކަންކޮށް, އަނެއްކާވެސް ގައުމަށް ތަރައްގީއާއި ތަމައްދުން އައުމަށް ރައްޔިތުން އެދޭ ކަމަށެވެ.

ތަރައްގީ ސޮއްސާލައިގެން ގޮސްފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ, ނިންމުން ރަނގަޅު ގޮތުގައި ނުނިންމައިފިއްޔާމު މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދޫވެގެން ދާނެ ކަމަށެވެ.

"މި ފެނިގެން ދަނީ ތަރައްގީ ސޮއްސާލައިގެން ގޮސްފައިވާތަން. ކުރިމަގަށް ބަލާއިރުގައި, މި ނިންމުން ރަނގަޅު ގޮތުގައި ނުނިންމައިފިއްޔާމު މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދޫވެގެން ދަނީ," މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްތަކަށް ބޭނުންވާ ތަރައްގީއާއި, ގައުމުގެ ހަކަތަ ކަމަށްވާ ޒުވާނުންގެ ކުރިމަގާއި ފުދުންތެރިކަން ހޯދަން ޖެހޭ ކަމަށާއި, އަންހެނުންގެ ކުރިމަގަށްޓަކައި އެކި އެކި ކަންތައްތައް ރޭވެން ޖެހޭ ކަމަށެވެ. މުޖުތަމައު ބައްޓަން ކުރެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ޒުވާނުންނާއި ކަނބަލުން ތިބެގެންކަން މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ބަހުސްގައި މުއިއްޒު; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ ބަހުސްގައި މުއިއްޒު; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި މުއިއްޒު; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

މުއިއްޒު ވިދާޅުވި ގޮތުގައި ތަރައްގީ ނެރެވެނީ ނަތީޖާ ނެރެދީފައިވަ ބަޔަކަށް އަނެއްކާވެސް ގައުމު ހަވާލުކޮށްގެންނެވެ. އޭނާ ވަނީ 2013 އިން 2018 އަށް ވެރިކަން ކުރެއްވި ރައީސް ޔާމީނުގެ ވެރިކަމުގައި ތަރައްގީ ގެނެސްދެއްވިކަން ހާމަކުރައްވާފަ އެވެ.

"ގައުމަށް ރައްޔިތުން ބޭނުންވަނީ ތަރައްގީ ގެނެވޭނެ ގޮތް ވާން. ގައުމުގެ މުސްތަގުބަލު އުޖާލާ ކުރެވޭނީ ނަތީޖާ ނެރެދެވިގެން. ނަތީޖާ ނެރެވޭނީ އިހްލާސްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކުރެވޭނެ ބަޔަކަށް ގައުމު ހަވާލުކޮށްގެން," މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކީގައި ތެދުވެރިކަމާއެކީގައި ރައްޔިތުންގެ ކަންްކަމާއިގެން ރައްޔިތުންގެ އަޑުއަހައިގެން ވެރިކަމެއް ކުރާނީ އޭނާ އެވެ.

އެހެނިހެން ކެންޑިޑޭޓުން

އޭނާއަށް ވޯޓުދޭންވީ ސަބަބުތައް ހާމަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ, ރާއްޖޭގައި ވެރިކަން ކުރަމުން އައި އެމްޑީޕީ އަދި ޕީޕީއެމުން ކުރި ވެރިކަން ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން, ރައްޔިތުން ވިސްނާ, ކަންކަން ކުރުމުގެ ގާބިލުކަމާއި ކެޕޭސިޓީ ހުރި, ރައްޔިތުންނަށް އެެހީތެރިކަން ފޯރުކޮށްދެވިދާނެ އަދި ދައްކާ ވާހަކަތައް އަމަލީގޮތުން ދެއްކޭނެ ބޭފުޅަކަށް ވޯޓު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.

ރިޔާސީ ބަހުސްގައި ގާސިމް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ ބަހުސްގައި ގާސިމް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި ގާސިމް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫނު ވިދާޅުވި ގޮތުގައި, ކުދި އިސްލާހުތަކުން ރާއްޖެ ހައްލު ނުކުރެވޭނެ ކަމަށާއި, އޭނާއަށް ވޯޓު ދޭންވީ ސިޔާސީ ވިސްނުން އެއްކިބާކޮށް, އެންމެން ގުޅިގެން ފަންނީ މަޝްވަރާއާއެކު ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާރުކުރައްވާނެތީ އެވެ. ފާރިސް ހުށަހެޅުއްވި ހައްލަކީ ސަރުކާރު ބަދަލުވުމުން ގައުމުގެ ތަރައްގީއަށް އެޅޭ ހުރަސްތައް ނައްތާލެވޭނެ ހައްލެކެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ އޭނާއަށް ދެއްވާ ވޯޓަކީ, އަމިއްލަ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރު ކުރާނެ ފަދަ ސިޔާސަތުތަކެއް ތަންފީޒުކުރައްވަން ވަޑައިގަންނަވާތީ އެވެ. އިލްޔާސް ވިދާޅުވީ ޒުވާން ޖީލަށް ހިތްވަރުދީ, ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ދެވޭނެ ގޮތް ހޯދައިދެވޭނީ އޭނައަށް ކަމަށެވެ.

ރިޔާސީ ބަހުސްގައި ރައީސް ސޯލިހް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: ޝާބިލް/ ވަގުތު
ރިޔާސީ ބަހުސްގައި ރައީސް ސޯލިހް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: ޝާބިލް/ ވަގުތު

ރިޔާސީ ބަހުސްގައި ރައީސް ސޯލިހް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: ޝާބިލް/ ވަގުތު

އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި އޭނައަށް ވޯޓު ދޭންވީ, އިގްތިސޯދީ އިންގިލާބީ ބަދަލެއް ގެނެސް, ރައްޔިތުން ބޭނުންވާ ފަދަ ސަރުކާރެއްގައި އުފާވެރި, އުޖާލާ ޒަމާނެއް ގެނެސް ދެއްވާނެތީ އެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުމަކަށް ގެނެސް, ފުދުންތެރިކަމާއެކު ދިރިއުޅެވޭނެ ގޮތެއް ހަދައި ދިނުމުގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނީ އޭނާއަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް, ހަސަން ޒަމީލް ވިދާޅުވި ގޮތުގައި އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބަކީ ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރުމާއި, ހަރަދު ކުޑަކުރަން މަސައްކަތް ކުރުމާއި މާލެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމު ކުރާނެތީ އެވެ.

ރިޔާސީ ބަހުސްގައި އުމަރާއި ޒަމީލް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ ބަހުސްގައި އުމަރާއި ޒަމީލް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި އުމަރާއި ޒަމީލް; ވޯޓު ދޭންވީ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޒްމީމް/ އަދަދު

އަމިއްލަ ގޮތުން ކުރިމަތިލައްވާ އުމަރު ނަސީރު ވިދާޅުވި ގޮތުގައި, ސިޔާސީ ޕާޓީތަކުން ވެރިކަންކޮށް, ޑިމޮކްރެޓިކް ނިޒާމެއް ހިންގައިގެން މައްސަލަތައް ހައްލު ނުކުރެވުނު ކަމަށާއި, އެހެންކަމުން އެ ސޮފްޓްވެއާއަކީ ރަނގަޅު އެއްޗެއްތޯ ބަލާ, އެ މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ޖެހެ އެވެ. އޭނާއަށް ވޯޓު ދެއްވަންވީ ސަބަބެއްގެ ގޮތުގައި އުމަރު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހިފައިގެން މައްސަލަތައް ހައްލު ކުރެވޭނީ އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރެވޭނީ އޭނާއަށް ކަމަށްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox