ބޯހިޔާވަހިކަމުގެ މައްސަލާގައި ކެންޑިޑޭޓުން ބޮޑު ބަހުސަކަށް

ބޯހިޔާވަހިކަމުގެ މައްސަލާގައި ކެންޑިޑޭޓުން ބޮޑު ބަހުސަކަށް

ރިޔާސީ ކެންޑިޑޭޓުންގެ ބޯހިޔާވަހިކަމުގެ ވައުދާ ގުޅޭ ސުވާލާއެކު އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓުގެ ސިޔާސަތައް ސުވާލު އުފައްދައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ރައްދު ދީ ބޮޑު ބަހުސްއެއް ކޮށްފި އެެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނާއެކު ސަންގުޓީވީން ބޭއްވި ރިޔާސީ ބަހުސްގައި ވަނީ ކެންޑިޑޭޓުންގެ ވައުދާ އެއްގޮތަށް ގްރޭޓާ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ފައިނޭންސް ހޯދައިދޭނެ ގޮތާއި މެދު ސުވާލުކޮށްފަ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހައުސިން މަޝްރޫއުތަކަށް ފައިނޭންސް ހޯދަން އިންވެސްޓަރުންގެ ކޮންފިޑެންސް ހޯދަންޖެހެ އެވެ. އޭނާ ވިދާޅުވީ އެކަމަށްޓަކައި ރާއްޖޭގެ އިގުތިސޯދު ވަރުގަދަކޮށް އިންވެސްޓްމެންޓް ބޭންކެއްވެސް ގެންނަންޖެހޭ ކަމަށާއި ބޯހިޔާވަހިކަމަށް ލޯނު ދޭނީ އެސްއޯއީ ތަކުގެ މެދުގައި ހަދާ ޓްރަސްޓު ފަންޑަކުން ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުވުން އެއީ ވަރަށް ބޮޑު މައްސަލައެއް. ފައިސާ ޗާޕުކޮށް މުޅި އިކޮނޮމީ އޮތީ ހަލާކުވެފަ. އެކަން އިޔާދަކޮށް އިންވެސްޓާ ކޮންފިޑެންސް އަލުން ގެނެސް އިންވެސްޓްމަންޓް ބޭންކެއް ގެނެވޭނެ," މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވުމުން މުއިއްޒު ވިދާޅުވީ ގައުމުގެ އިގުތިސޯދު އޮތީ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލޭ ހިސާބުގައި ކަމަށެވެ. އަދި މި ސަރުކާރުން މާލެ މީހުންނަށް ދިން ގޯތި އަތުނުލާނެ ކަމަށް ވިދާޅުވެ ފުށިދިއްގަރު ފަޅުން ގޯތި ދޭން ވެފައިވާ ވައުދު މުއިއްޒު ތަކުރާރު ކުރެއްވި އެވެ.

މުއިއްޒަށް ފަހު ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މި ސަރުކާރުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭން ބިން ހިއްކުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަދައްކަނީ މާލެ ރައްޔިތުންނާ މެދު ބޭއިންސާފުވާ މީހުން ކަމަށް ރައީސް ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ދިން ގޯތި އަތުނުލާނެ ކަމަށާއި ފުށިދިއްގަރު ފަޅުން ގޯތި ދޭނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ރައީސް ޔާމިން ވެރިކަމުގައި ގުޅީފަޅުން ގޯތީ ދީ އެ އަތުލީވެސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކަމަށެވެ.

"ކުރީ ސަރުކާރުން ގުޅީ ފަޅު ބިން ހިއްކައި ފައިސާވެސް ނުދައްކާ އޮތީ. އެކަން ހައްލުކުރީ މި ސަރުކާރުން. ދިން ގޯތި އަތުލުމުން ބަދަލުވެސް ދިނީ މި ސަރުކާރުން," ރައީސް ވިދާޅުވި އެެވެ.

އެ ސުވާލަށް ރައްދު ދެމުން މުއިއްޒު ވިދާޅުވީ ގުޅީފަޅުން ދިން ގޯތި އަތުލީ ތިލަފުށިން އޭރު ކުނި އަންދާތީ ގުޅީފަޅުގައި މީހުން ދިރިއުޅެން ރައްކާތެރި ނުވާތީ ކަމަށާއި ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށެވެ. އަދި ރައީސް ސޯލިހަށް ރައްދެއްގެ ގޮތުން މުއިއްޒު ވަނީ ދައުރު ނިމެން ކައިރިވުމުން ގޯތި ދިނުން އެއީ ރައްޔިތުންނަށް ހައްގު މިންވަރުތޯ ސުވާލުކޮށްފަ އެވެ.

މާލޭގެ މީހުންނަށް ގޯތި ދޭން ބިން ހިއްކައި ނިމޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އަންނަ ނޮވެމްބަރުގެ ނިޔަަލަށް ބިން ހިއްކައި ގޯތިވެސް ދީ ނިމޭނެ ކަމަށެވެ.

ރައީސްގެ އެ ޖަވާބާ އެކު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވަނީ ގުޅީފަޅު ހިއްކައި ނިމޭނެތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ ނޮވެމްބަރުގައި ގުޅީފަޅު ވެސް ހިއްކައި ގޯތި ބޭނުންވާ އެންމެނަށް ގޯތި ދީ ނިމޭނެ ކަމަށެެވެ. އަދި, ހުޅުމާލެ ހިއްކައި ނިމޭއިރު ފްލެޓު އަޅާނެ ބިންވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އެފަދައިން ވިދާޅުވުމުން އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ވެސް ވަނީ ސުވާލެއް ކޮށްފަ އެވެ. ފާރިސް އެއްސެވީ ހުރިހާ ކެންޑިޑޭޓުންވެގެން މަޝްވަރާ މިކުރަނީ މާލެއަށް ހުރިހާ ދިވެހިން ގެންނަންތޯ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގައި ފާރިސް މައުމޫން އެންމެ ބޮޑަށް ފާހަގަކުރެއްވީ ސަރުކާރުތަކުން މާލެ ސަރަހައްދު ތަރައްގީކުރުމުން މާލެ ސަރަހައްދުގެ އާބާދީ އިތުރުވާ މައްސަަލަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކުރެވެނީ އެކަމަށް ބޭނުންވާ ދުރު ރާސްތާގެ ޕްލޭނެއް ނެތުމުން ކަމަށެވެ. އެގޮތުން, އެކަށީގެންވާ ޕްލޭނެއް ނެތުމުގެ ސަބަބުން ސޯޝަލް ހައުސިން އާ ކޮމާޝަލް ހައުސިން އެކުވެ ބޯހިޔާވަހިކަން އަތްނުފޯރާފަށަށް އަރާފައިވާކަމަށް ވިދާޅުވި އެވެ.

އަދި ބޯހިޔާވަކަމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އިތުރު ސަރަހައްދު ތަރައްގީކުރާނެ ކަމަށާއި އެކަމަށްޓަކައި ނޭޝަނަލް ޓްރަސްޓް ފަންޑެއް ހަދައި ސޯޝަލް ހައުސިންއަށް އެ ޓްރަސްޓް ފަންޑުން ލުއި ގޮތްތަކަކަށް ލޯނު ދޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވެސް ވިދާޅުވީ ހައުސިން އަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ ރަށެއްގައި ގެވަޅު އޮތް ކޮންމެ މީހަކަށް ބޭންކުތަކުން ބޯހިޔާވަހިކަމުގެ ލޯނު ހޯދައިދިނުމަށް ސަރުކާރުން ސޮވެރިން ގެެރެންޓީ ދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބޭންކުތަކުން ލޯނު ހޯދުމަށް ރާއްޖޭގެ އިގުތިސޯދު ވަރުގަދަ ކުރައްވާނެ ކަމަށާއި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ދިވެހިންނަށް އެކަން ފުރިހަމަކޮށްދީ މި ސަރުކާރުން ގޯތި ދިން މީހުންނަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ އިލްޔާސް ވިދާޅުވީ ރައްޔިތުންނަށް ގެދޮރު އަޅާނެ ފައިސާ ހޯދައި ދިނުމަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ބޭންކުތަކުން ލޯނު ހޯދައި ދޭނެ ކަމަށެވެ. އަދި މާލޭގެ ފަސް ސަރަހައްދެއްގައި 15 ބުރީގެ ފަސް ކޮންޑަމިނިއަމް އަޅައި މާލޭގެ އެންމެ ތޮއްޖެހިފައިވާ 10 ބްލޮކުގެ މީހުން އެތަނަށް ބަދަލުކުރާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އެ މީހުން ގިނަ ތަންތަނުން ކޮންމެ ބިންވެރިޔަކަށް ގޯއްޗެއް. 18 އަހަރުވެފައި ހުރި ކޮންމެ ކުއްޖަކަށް ފްލެޓެއް ދޭނަން. އަދި އެތަނުގެ ބިމުގެ ބަދަލުގަ އިމާރާތުގެ ބަދަލުގަ ފައިސާ ދޭނަން. ދެން އެ ބިމުގައި އިތުރު ކޮންޑަމިނިއަމް ހަދާނަން" އިލްޔާސް ވިދާޅުވި އެެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްވެސް ވިދާޅުވީ ސަރުކާރުތަކުގަ ސޯޝަލް ހައުސިންގެ ހަމައެއް ލަމައެއް ނެތްކަމަށާއި ދުރު ރާސްތާގެ ޕްލޭނެއްވެސް ނެތް ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ހައްލުކުރުމަށް ފްލެޓުތަކުގެ ކުލި މާފުކުރާނެ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ބުރައަކަށްވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox