2026ގެ "ބޮޑު ދަރަނި" ދެއްކޭނެކަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ޔަގީން

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދައްކަން ޖެހޭއިރު އެ ފައިސާ ދެއްކޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުން ވެސް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ބަހުސްގައި ބޮޑު ދަރަންޏާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހިރާއްޖެއިން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނި ދެއްކުމަށް ގެންގުޅޭނެ ސިޔާސަތަކީ ރީފައިނޭންސް ކުރުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ދަރަނީގެ ގޮތުގައި 2026ގައި ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށާއި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އެގޮތަކީ އޭގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރުން ކަމަށް ވިދާޅުވި އެވެ. އެއީ ފައިސާ ދެއްކުމަށް ދަށް އަގެއްގައި ލޯނު ނަގައިގެން ފައިސާ ދެއްކުމެވެ.

"2026 ގައި ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބަ އޮތް، އޭގެތެރެއިން ދެބައިކޮށްފައި އެއްބައި ރީފައިނޭންސް ކުރުން، މާކެޓަށް ގޮސް ފައިސާ ހޯދާނެ ގޮތް އަޅުގަނޑުމެންނަށް އެނގޭ، ކޯވިޑު ތެރޭގައި އަޅުގަނޑުމެން ވާނީ އެކަން ހާމަކޮށްފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ އަހަރު ދައްކަންޖެހޭ ބާކީ ފައިސާ ހޯއްދަވާނީ ފޮރިން ޑިވެލޮޕްމަންޓު ފަންޑު ބޮޑު ކޮށްގެން ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރިކަރަންޓު ހަރަދަށް އެމްއެމްއޭއިން ފައިސާ ނެގުމުގެ ބަދަލުގައި ޓެކުސް ފައިސާއިން ސަރުކާރު ހަރަދުތައް ހަމަޖައްސާނެ ކަމަށެވެ. އަދި ފައިސާ ޗާޕުކޮށްގެން ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުން ނިމުމަކަށް ގެންނާނެ ކަމަށާއި އެކްސްޗޭންޖު ރޭޓު ވަކި ހަމައަކަށް ތިރިކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވީ ބޮޑު ދަރަނި ދެއްކުމަށްޓަކައި ގެންގުޅޭ ސިޔާސަތަކީ ދައުލަތަށް ފައިސާ ވެއްދުމަށްޓަކައި އިތުރު ވިޔަފާރި ހިންގުމާއި އެކަމަށް 600 މިލިއަން ޑޮލަރުގެ އެހީއެއް ހޯއްދެވުމެވެ.

މިހާރު ޓެކުސް ނަގާ ދާއިރާތަކުގައި ހުރި ކަންތައްތައް ބަދަލުކޮށް އިސްލާހު ކުރައްވާނެ ކަމަށާއި ކޮރަޕްޝަނުގެ ތެރެއިން ދައުލަތުން ގެއްލިގެންދާ ފައިސާ އަނބުރާ ހޯއްދެވުމަށް ކޮރަޕްޝަންގެ ދޮރުތައް ބަންދު ކުރައްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އުމަރު ނަސީރު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ އިގުތިސާދު ހަމައެކަނި އެއް ކަމަކަށް ބަރޯސާވެފައި އޮތް ތޮރުން ނިމުމަކަށް ގެންނަން ހުށަހެޅިއިރު، ފާރިސް މައުމޫން ވަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޑިޖިޓަލް ކްރިއޭޓިވް ސެކްޓަރެއް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަހަރުގެ ރިިޔާސީ އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ މެނިފެސްޓޯތަކުގައި ދައުލަތުން ބޮޑެތި ހަރަދުތައް ހިނގާނެ ކަންކަން ހިމަނުއްވައިފަ އެވެ. ރިޔާސީ ބަހުސްގެ ފުރަތަމަ ސުވާލު ރާއްޖޭގެ އިގުތިސާދަށް އަމާޒު ކުރެއްވީ އެހެންވެ އެވެ.

ވޯލްޑު ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ހަ ބިލިއަނަށްވުރެ އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox