ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ހަރަދުތައް 2.9 ބިލިއަން ޑޮލަރަށް: މިއީ ރެކޯޑެއް!

Sep 2, 2023, 9:09 AM
ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ހަރަދުތައް 2.9 ބިލިއަން ޑޮލަރަށް: މިއީ ރެކޯޑެއް!

ލަންޑަން (ސެޕްޓެމްބަރު 2) - މި އަހަރުގެ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން ކުރި ހަރަދު ރެކޯޑު އަދަދެއް ކަމަށްވާ 2.36 ބިލިއަން ޕައުންޑް (2.9 ބިިލިއަން ޑޮލަރު) އަށް އަރައިފި އެވެ.

ރޭ ދަންވަރު ނިމުނު އާ ސީޒަންގެ ޓްރާންސްފާ ފާހަގަކުރެވުނީ ބޮޑު އަގުގައި ގިނަ ކުޅުންތެރިންތަކެއް ކުލަބު ބަދަލުކުރި ސީޒަނަކަށެވެ. އެ ގޮތުން ޕްރިމިއާ ލީގުގެ 20 ކުލަބުން ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ އަށް ވުރެ 440 މިލިއަން ޕައުންޑް (558 މިލިއަން ޑޮލަރު) އިތުރަށް ހޭދަކޮށްފަ އެވެ. މިދިޔަ ސީޒަނުގެ ޓްރާންސްފާގައި 1.92 ބިލިއަން ޕައުންޑް (2.3 މިލިއަން ޑޮލަރު) ކުލަބުތަކުން ހޭދަކުރި އެވެ.

މި އަހަރުގެ ސީޒަނަށް ކުލަބުތަކުން ހޭދަކުރި އަދަދަކީ ހޫނު މޫސުމުގެ ޓްރާންސްފާއެއްގައި ހޭދަކުރި އެންމެ ބޮޑު އަދަދެވެ. ނަމަވެސް އެއް ޓްރާންސްފާގައި އެންމެ ބޮޑު ހޭދައެއް ޕްރިމިއާ ލީގުގެ ކުލަބުތަކުން ހޭދަކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. "މިޑް-ސީޒަން" ޓްރާންސްފާގައި ޕްރިމިއާ ލީގުގެ ކުލަބުތަކުން 2.73 ބިލިއަން ޕައުންޑް ހޭދަކުރި އެވެ.

ޔޫރަޕްގެ ބޮޑު ފަސް ލީގުން ކުޅުންތެރިންނަށް ހޭދަކުރި އަދަދުގެ 48 ޕަސެންޓަކީ އިނގިރޭސި ޕްރިމިއާ ލީގުން އެކަނި ކުރި ހޭދައެވެ.

ޕްރިމިއާ ލީގުގެ ކުލަބުތަކުން 50 މިލިއަން ޕައުންޑަށްވުރެ މަތިން 13 ކުޅުންތެރިއަކަށް ހޭދަކުރި އެވެ. އޭގެ ތެރޭގައި 100 މިލިއަން ޕައުންޑަށްވުރެ މަތިން ހޭދަކުރި ދެ ކުޅުންތެރިއަކުވެސް ހިމެނެ އެވެ.

ޕްރިމިއާ ލީގުގެ ކުލަބަކުން އެންމެ ބޮޑު ހޭދައެއް ކުރި ކުޅުންތެރިއަކީ ބްރައިޓަން ހޯވް އެލްބިއަންއަށް ކުޅުނު މޮއިސެސް ކައިސޭޑޯ އެވެ. ކައިސޭޑޯ ގަތުމަށް ޗެލްސީން ވަނީ އިނގިރޭސި ރެކޯޑު ފީއެއްކަމަށްވާ 115 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

ދެން 100 މިލިއަނަށްވުރެ ބޮޑު ހޭދައެއްކޮށްގެން ގަތީ ވެސްޓްހަމް ޔުނައިޓެޑަށް ކުޅުނު މިޑްފިލްޑަރު ޑެކްލަން ރައިސް އަށެވެ. ރައިސް އަށް އާސެނަލުން ވަނީ 105 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

މި ކުޅުންތެރިންނަށްފަހު ދެން އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިންނަކީ 77 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއިން ގަތް ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އާއި 72 މިލިއަން ޕައުންޑް ހޭދަކޮށްގެން މެންޗެސްޓާ ޔުނައިޓެޑުން ގަތް ފޯވާޑް ރަސްމުސް ހޮއިލަންޑެވެ.

އެހެން ލީގުތަކަށް ބަލާއިރު އެންމެ އަގުބޮޑުކޮށްގަތް ދެ ކުޅުންތެރިންނަކީ އިނގިރޭސި ގައުމީ ޓީމްގެ ދެ ކުޅުންތެރިންނެވެ. އެއީ 86.4 މިލިއަން ޕައުންޑަށް ޖަރުމަންގެ ބަޔާން މިޔުނިކުން ގަތް ފޯވާޑް ހެރީ ކޭން އާއި 88.5 މިލިއަން ޕައުންޑަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ގަތް ޖޫޑް ބެލިންހަމް އެވެ.

އެއް ކުލަބަކުން އެންމެ ބޮޑު ހޭދައެއް ކުރީ ޗެލްސީއިންނެވެ. އެކުލަބުންވަނީ 10 ކުޅުންތެރިއަކަށް 380 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. މި އަދަދާއިއެކު މިހާތަނަށް ކުލަބަކުން އެންމެ ބޮޑު ހޭދައެއް އެއް ޓްރާންސްފާގައި ހޭދަކުރި ކުލަބަކަށް ޗެލްސީ ވަނީ ވެފަ އެވެ. މީގެ ކުރިން އެންމެ ބޮޑު ހޭދައެއް ކުރީ 2019 ވަނަ އަހަރު ރެއާލް މެޑްރިޑުންނެވެ. އެ ފަހަރު އެކުލަބުން 292 މިލިއަން ޕައުންޑް ހޭދަކުރި އެވެ.

އާ ސީޒަންގެ ޓްރާންސްފާގައި މިފަހަރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ސައުދީ ސުޕަ ލީގުން ކުރި ހަރަދުުތަކެވެ. ސައުދީގެ ކުލަބުތަކުން ވަނީ ޔޫރަޕްގެ ބޮޑެތި ލީގު ތަކުގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ލީގަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox