އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ އެ އެލަޔަންސްއާއި ގުޅިއްޖެ އެވެ.
މި އެއްބަސްވުމާއެކު އުރީދޫއަކީ އައިއޯޓީ ވޯލްޑް އެލަޔަންސް ގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުންޏެވެ.
އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާ ކޯޕަރޭޓިވް އެވެ. ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ، އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ޓްރެކްކޮށް ބަަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ގުޅިފައިވާވުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތަށް ހިއްސާކުރާުމަށް ހާއްސަ ފޯރަމެކެވެ.
އެލަޔަންސްގެ މެމްބަރެއްގެ ހައިސިއްޔަތުން އުރީދޫއިން ބައިނަލްއަގުވާމީ ދުނިޔޭގެ އައިއޯޓީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގައި އެ ކުންފުނިން ބުނެ އެވެ. އަދި މިއާއެކު އުރީދޫއިން ހިދުމަތް ދޭ މާކެޓް ތަކުގެ ލޯކަލް ގަވައިދުތަކުގެ މައުލޫމާތު އެލަޔަންސްއަށް ފޯރުކޮށްދީ، ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ވަރުގަދަވެގެން ދާނެ ކަމުގައި އެކުންފުނިން މައުލޫމާތުދެ އެވެ.
އުރީދޫއިން ބުނީ މި އެއްބަސްވުމާއެކު "އުރީދޫ ސަރަހައްދު" އަށް ވަންނަ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ގެނައުމުގައި އެ ކުންފުންޏަށް އެހެން އޮޕަރޭޓަރުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން އުރީދޫގެ ޑެޕިއުޓީ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް މުހައްމަދު ބިން އަބްދުالله އަލް ސާނީ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ތަރައްގީ ގެނައުމަށް އޮޕަރޭޓަރުން އެއްބާރުލުން ވަރަށް މުހިންމުކަމަށެވެ. އަދި އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މާކެޓުތަކުގައި ކާމިޔާބުކަމާއެކު އައިއޯޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެލަޔަންސާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނަން. އަޅުގަނޑުމެން ގުޅިގެން އިތުރު ގައުމުތަކުގައި ކަނެކްޓެޑް ޑިވައިސްތައް ޑިޕްލޮއިމެންޓް ކުރުން ފަސޭހަކޮށް، އައިއޯޓީ ސޮލިއުޝަންތަކުގެ ފުރިހަމަ ގާބިލުކަން ދުނިޔޭގެ ފެންވަރުގައި ބޭނުންކުރުމަށް ވިޔަފާރިތަކަށް ބާރުދޭނަން،" އުރީދޫގެ ޑެޕިއުޓީ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް މުހައްމަދު ބިން އަބްދުالله އަލް ސާނީ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ބާޒާރުގައި އިނޮވޭޝަނާއި އައިއޯޓީ ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން 2019 ވަނަ އަހަރު އުރީދޫގެ 5ޖީ ނެޓްވޯކް ތައާރަފްކޮށް މިހާރު ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭ ގޮތަށް، ގްރޭޓާ މާލެ ސަރަހައްދަށް އެ ނެޓްވޯކް ފުޅާކޮށްފަ އެވެ.
މި ނެޓްވޯކް ތައާރަފްކުރުމާއެކު އުރީދޫއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ 5ޖީ އެއަރފައިބަރ މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް 5ޖީގެ ހަލުވި ސްޕީޑްގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިކޮށްދީ، މުޖުތަމައު ގުޅުވާލާފަ އެވެ.
އައިއޯޓީ ވޯލްޑް އެލަޔަންސްގެ ޗެއާމަން މާކް ވެން ޑެން ބާގް މި އެއްބަސްވުމާއި ގުޅޭގޮތުން ވިދާޅުވީ، އެ އެލައެންސް އިން ކުރާ މަސައްކަތް އިތުރު ސަރަހައްދުތަކަށް ފުޅާ ކޮށް އުރީދޫގެ ތަޖުރިބާއާއެކު ވިޔަފާރިތަކަށް އިތުރު ގައުމުތަކުގައި ގުޅިފައިވާ ޑިވައިސްތައް ތައާރަފް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އުރީދޫއިން ވަނީ ރާއްޖޭގައި ފުރަތަމަ ޓިއާ ތިން ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއްވެސް ތައާރަފްކޮށްފަ އެވެ. އެ ކުންފުނުިން މި މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގައި ނެޓްވޯކް ކެޕޭސިޓީ އިތުރުކުރާނެ އެވެ. އަދި ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫއިން ބުނީ ހައިޕާސްކޭލްގެ ހިދުމަތާއި ކަނެކްޓިވިޓީ އިތުރުކުރުމުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.











