އެތުލެޓިކޯ މެޑްރިޑަށް ލަލީގާގައި ރެކޯޑު މޮޅެއް

Aug 29, 2023, 7:27 AM
އެތުލެޓިކޯ މެޑްރިޑަށް ލަލީގާގައި ރެކޯޑު މޮޅެއް

މެޑްރިޑް (އޮގަސްޓް 29) - ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން ރެކޯޑު މޮޅެއް ހޯދައިފި އެވެ.

ސްޕެނިޝް ލީގުގައި ރޭ 7-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗަކީ އެ ޓީމުން ލަލީގާގެ މެޗެއްގައި ރަށުން ބޭރުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވި ނަތީޖާ އެވެ. އަނެއްކޮޅުން މިއީ 2000 ވަނަ އަހަރުން ފެށިގެން އެޓީމުން ލަލީގާގެ މެޗެއްގައި ހަތް ގޯލު ޖެހި ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ގައި އަމިއްލަ ދަނޑުގައި ގެޓާފޭ ކޮޅަށް އެތުލެޓިކޯ އިން 7 ގޯލު ޖެހި އެވެ.

މި މެޗުގައި އެތުލެޓިކޯ މެޑްރިޑުން ޖެހި ހަތް ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. އަނެއް ފަސް ގޯލު ޖަހައިދިނީ އޮންޓުއާން ގްރީޒްމަން، މެމްފިސް ޑިޕާއީ، ގެބްރިއެލް މޮލީނާ، އެންޖެލް ކޮރެއާ އަދި މާކޯސް ލޮރެންޓޭ އެވެ.

ރޭގެ މެޗަށް ފަހު އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މޮޅަށް ކުޅެ ބޮޑުތަފާތަކުން މޮޅުވުމުން ހިތްހަމަޖެހިއްޖެ ކަމަށާއި، ހަމައެކަނި ނުތަނަވަސްކަމަކީ ފޯވާޑް ދިޕާއީއަށް އަނިޔާވުންކަމަށެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ދިޕާއީއަށް އަނިޔާވެ އޭނާގެ ބަދަލުގައި ކުޅެން ނިކުތީ މޮރާޓާ އެވެ.

މިހާތަނަށް ލަލީގާގައި ކޮންމެ ޓީމަކުން ތިން މެޗު ކުޅެފައިވާއިރު، އެއްވަނައިގައި އޮތީ ތިން މެޗުންވެސް މޮޅުވެފައިވާ ރެއާލް މެޑްރިޑެވެ. ދެވަނަގައި ހަތް ޕޮއިންޓާއިއެކު އެތުލެޓިކޯ އޮތީ ދެން އޮތް ދެ ޓީމަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ. ތިން ވަނަގައި އޮތީ ގިރޯނާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ހަތަރުވަނައިގަ އެވެ.

އެތުލެޓިކޯ މެޑްރިޑަށް ލީގުގައި ކުރިއަށް ދެން އޮތީ ވަރުގަދަ ތިން މެޗެވެ. މިގޮތުން އަންނަ ހަފްތާގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭއިރު އޭގެ ފަހުން ވެލެންސިއާއާ ވާދަކުރާނެ އެވެ. ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް އެޓީމް ނުކުންނާނީ މި މަހުގެ 24ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox