ޖާހްގެ ފްލެޓުތައް ޖެނުއަރީއަށް ނިންމަން މަސައްކަތް ކުރަނީ

ހުޅުމާލެ ސެންޓުރަލް ޕާކު ކުރިމަތިން އިމާރާތް ކުރަމުން އަންނަ 'ދަ ގާޑަންސް' -- ފޮޓޯ: އަދަދު

ހުޅުމާލެ ސެންޓުރަލް ޕާކު ކުރިމަތިން އިމާރާތް ކުރަމުން އަންނަ 'ދަ ގާޑަންސް' -- ފޮޓޯ: އަދަދު

ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހް ކޮންސްޓްރަކްޝަންސްގެ ފަރާތުން ހުޅުމާލޭގައި އަޅަމުން އަންނަ "ދަ ގާޑަންސް"ގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

އާބަންކޯ އިން މިއަދު ބުނީ ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކުންފުނިން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށް ވަމުންދާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ޖާހް އާއި މަޝްވަރާކުރަމުންދާ ކަމަށެވެ.

އަދި, އެ ކޯޕަރޭޝަނުގެ އަމާޒަކީ އެ މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލައި ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން، އަންނަ އަހަރުގެ ޖެނުއަރީ މަހަށް މަސައްކަތް ނިންމާލުން ކަމަށްވެސް ބުންޏެވެ.

ލަގްޒަރީ ފްލެޓް އަޅައި ވިއްކުމުގެ ޕްރޮޖެކްޓެއް ހޯދުމަށް ފަހު، ޖާހް އިންވެސްޓްމެންޓުން ވަނީ އެޕާޓްމެންޓްތަކެއްގެ އަގު، އެތަންތަން ގަންނަ ފަރާތްތަކުގެ އަތުން ހޯދައިފަ އެވެ. އެހެން ނަމަވެސް އެތަންތަން ނުނިމި ދިގުލައިގެން ދިއުމުން، ޖާހް ކުންފުނިން ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ބަޔަކު މައްސަލަ ވެސް ހުށަހެޅި އެވެ.

ދެ އަހަރު ތެރޭ ނިންމާގޮތަށް 2017 ވަނަ އަހަރު ޖާހް އާއި ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތް ނުނިމި ފަސް އަހަރުވެފައިވާއިރު މަސައްކަތް ނިންމަން އާބަންކޯއިން ހަތަރު ފަަހަރެއްގެ މަތިން މުއްދަތު ވެސް އިތުރުކޮށްދިނެވެ. އެންމެ ފަހުން މިދިޔަ ޖުލައި މަހު އާބަންކޯއިން ވަނީ އެ މަޝްރޫއުގެ ބާކީހުރި މަސައްކަތް ނިންމުމާ ހަވާލުވެފަ އެވެ.

ޖާހްގެ ފްލެޓުތަކުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އާބަންކޯ އިން ކުރާ މަސައްކަތުގެ ތެރެއިން އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދުމަށް ނިންމާފައިވާކަން ވެސް އެ ކޯޕަރޭޝަނުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އާބަންކޯ އިން ބުނީ އިންޑިޕެންޑެންޓް ކޮންސަލްޓަންޓެއް ހަމަޖެއްސުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި، ދަ ގާޑަންސް އިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް، ޕްރޮޖެކްޓް ނިންމުން ކަމަށެވެ. އަދި, އިންޑިޕެންޑަންޓް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނެއެވެ.

އާބަންކޯއިން ބުނީ މި ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދެއްވާ ލަފާގެ މަތިން އާ ކޮންޓްރަކްޓަރަކާއި މަސައްކަތް ހަވާލު ކުރެވޭނެ ކަމަށެވެ.

އަދި މި މަސައްކަތް ކުރަމުން ދާއިރު، ދަ ގާޑަންސްގެ ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށްވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox