އެމްއައިޓީއާ ހަވާލުކޮށްގެން އާބަންކޯއިން ހުޅުމާލޭގައި ކޮލެޖެއް ގާއިމުކުރަނީ

ހުޅުމާލެ ފޭސް 2ގައި 6 ބުރީގެ ކޮލެޖެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ: އާބަންކޯ

ހުޅުމާލެ ފޭސް 2ގައި 6 ބުރީގެ ކޮލެޖެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަ ފަންގިފިލާގެ ކޮލެޖެއް ގާއިމުކޮށް ހިންގުމަށް އާބަންކޯ އިން މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ)އާ ހަވާލުކޮށްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ މި ކޮލެޖު އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެެވެ. މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމް އެވެ.

އާބަންކޯ އިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ދަރިވަރުންނަނަށް ތައުލީމީ ފުރުސަތުތައް ފުޅާކޮށް، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް, މަޝްރޫއާ ގުޅޭ މާބޮޑު ތަފްސީލެއް ނުދެ އެވެ.

Advertisement

ހުޅުމާލޭގައި މިވަގުތު ހަތަރު ކޮލެޖެއް އަންނަނީ ހިންގަމުންނެވެ.. އެއީ ފުރަތަމަ ފިޔަވަހީގައި ހުންނަ އެމްއައިޓީގެ ކޮލެޖު، ވިލާ ކޮލެޖު ހުޅުމާލެ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ބިޒްނަސް ސްކޫލާއި އަހްތާ އިންސްޓިޓިއުޓް އެވެ.

އޭގެ އިތުރުން ސީއެޗްއެސްއީގެ އިމާރާތެއް ހުޅުމާލޭގައި މިހާރު ހިންގަމުން އަންނައިރު ހުޅުމާލެ ތަރައްގީކުރުމުގެ މާސްޓާ ޕްލޭނުގެ ދަށުން ދެވަނަ ފިޔަވަހީގައި ފަސް ސްކޫލެއް އެޅުމުގެ މަސައްކަތް އާބަންކޯ އިން މިހާރުވެސް ވަނީ އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފަރާތަކުން ތަރައްގީކުރާ އިންޓަނޭޝަނަލް ސްކޫލެއް ވެސް ހުންނާނެ ކަމަށް އާބަންކޯ އިން ވަނީ ހާމަކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox