ޓްރީޓޮޕް ހޮސްޕިޓަލްގެ ފެމިލީ ކްލިނިކްގެ ހިދުމަތް ހުކުރު ދުވަހު ވެސް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ހުކުރު ދުވަހު އާއިލީ ކްލިނިކަލް އޮޕަރޭޝަންތަކުގެ މަސައްކަތްތައް ފެށުމުގެ ބޭނުމަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ ފެމިލީ ހެލްތު ކްލިނިކުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް "އެކްސްޓެންޑް ކަވަރޭޖް" ފޯރުކޮށްދިނުން ކަމަށެވެ.
ޓީޓީއެޗް ފެމިލީ ކްލިނިކްގެ ހިދުމަތް ހުކުރު ދުވަހު 15:00 އިން ފެށިގެން ރޭގަނޑު 22:00 އާ ދެމެދު ލިބޭނެ އެވެ.
ޓްރީޓޮޕްގެ ފެމިލީ ކްލިނިކް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ ބަލިމީހުންނަށް އާންމު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށެވެ. އަދި އެ ކްލިނިކުގެ ޑޮކްޓަރުން އާއިލީ އަދި މުޖުތަމައުގެ ފެންވަރުގައި ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއްދޭނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ތަޖުރިބާކާރު އަދި މަތީ ތަމްރީނު ލިބިފައިވާ ސްޕެޝަލިސްޓުންނާއި ޒަމާނީ ވަސީލަތްތަކާއިއެކު އެންމެ ފަހުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.










