ހުލާސާކޮށް އިއްޔެ: މާލޭ ރައްޔިތުންނަށް ތާރީހީ ދުވަހެއް، އިންވަކިކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފެށުން

Aug 28, 2023, 2:17 AM
ހުޅުމާލޭން މީހަކަށް ލިބުނު ގޯއްޗެއްގެ ރަޖިސްޓްރީ ހަވާލު ކުރަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހުޅުމާލޭން މީހަކަށް ލިބުނު ގޯއްޗެއްގެ ރަޖިސްޓްރީ ހަވާލު ކުރަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބިނު ފަރާތްތަކުގެ ގޯތީގެ އިންވަކިކޮށް، ކަނޑަޖަހައި ރަޖިސްޓްރީ ހަވާލުކުރަން އިއްޔެ ފެށި އެވެ،

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ދެނީ ނުހިއްކާ އޮތް ތަންތަނުން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކަނޑައިދީފައި ކަމަށެވެ.

"އަޅުގަނޑުމެން ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކަނޑައިދީފައި. އެހެންވީމާ މިގޮތުން މި ފެށުނީ މިއަދު މި މަސައްކަތް. ކޮންމެ ދުވަހަކުވެސް ބިން ކަނޑަމުން ދާނީ. ގުޅީފަޅުންވެސް، ގިރާވަރުންވެސް ކެނޑެމުން ދާނެ," އަކްރަމް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ނުވެސް ހިއްކާ ތަންތަނުން ގޯތި ދީ ރަޖިސްޓްރީ ދިންކަމަށް ބުނެ ފާޑުވިދާޅުވަމުން އަކްރަމް ވިދާޅުވީ މި ސަރުކާރުން ގޯތި ކެނޑުމަށްފަހު ދޭ ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް ކަމަށާއި އެ ރަޖިސްޓްރީއާ މެދު އިތުރު ސުވާލެއް ނުއުފެދޭނެ ކަމަށެވެ. އަދި ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުން ދާނީ ގާނޫނީ ވަކީލުން ކަމަށާއި ގޯތި ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމަންޓާ، އެޔާ ނޮޓޮރައިޒްކުރައްވަނީ ގާނޫނީ ވަކީލުން. އެހެންވީމާ މިއީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫން. ކުރީގަ އެބަހުރި ކަނޑުފަޅުން ގޯތި ދޫކޮށްފަ އޭގެ ލިޔުންތައް އަޅުގަނޑުމެންނަށް ލިބެމުންދޭ," އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮވެއްޖެ ނަމަ ބިން ދޫކޮށްލަންޖެހޭއިރު އަކްރަމް ވިދާޅުވީ ކުރިން ލިބިފައިވާ ބިން ވަގުތުން ވަގުތަށް ދޫކޮށްލަން ނުޖެހޭނެ ކަމަށެވެ. އަދި އެ ބިން ދޫކޮށްލުމުގެ ކަންތައް ކޯޓަށް ހުށަހަޅައި ނިންމަން ތިން މަސް ލިބޭނެ ކަމަށާއި ބިން އެއްކޮށް ދޫކޮށްލުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ.

ގޯތި ދެނީ ހުޅުމާލެއާއިި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ނިންމާފައި ވެއެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ދިޔަ މެމްބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ؛

އަބަދުވެސް އެމްޑީޕީގަ އެބޭފުޅުންނަށް ޖާގަ އޮންނާނެ، ކުރީ ގޮނޑިބަރިން ޖާގަ އޮންނާނެ އެއީ ހިދުމަތް ކުރެއްވި ބޭފުޅުން.. އަޅުގަނޑު ދަންނަވާނީ ވަޑައިގަންނަވާށޭ، އަޅުގަނޑުމެންނާ އެކީގައޭ މުސްތަގުބަލު އޮތީ

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox