ޔުނައިޓެޑުން ފަހަތުން އަރައި މޮޅުވިއިރު، އާސެނަލް އެއްވަރު

Aug 27, 2023, 4:09 AM
ޔުނައިޓެޑުން ފަހަތުން އަރައި މޮޅުވިއިރު، އާސެނަލް އެއްވަރު

ލަންޑަން (އޮގަސްޓް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ފަަހަތުން އަރައި 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލާއި ފުލަމްއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

ނޮޓިންހަމް ފޮރެސްޓުން ވަނީ ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގެ ހަަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން ފުރަތަމަ ގޯލު ދެ ވަނަ މިނިޓްގައި ޓައީވޯ އަވޮނިޔީ ޖެހިއިރު، އޭގެ ދެ މިނިޓް ފަހުން ދެ ވަނަ ގޯލު ޖެހީ ވިލީ ބޮލީ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޔުނައިޓެޑް މިހާ އަަވަހަށް ދެ ގޯލު ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ.

މެޗުގެ 17 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ނަގައިިދން ހުރަހަކަށް އަރައި ކްރިސްޓިއަން އެރިކްސަން ވަނީ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދޭން ކަސެމީރޯ އަށް ލިބުނު ފުރުސަތު ނަގާލިި ނަމަވެސް ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ގޯލު ޖަހައި، ކަސެމީރޯ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.

ނޮޓިންހަމް އަށް މައްސަލަ ދިމާވީ މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމުގެ ޖޯ ވޮރާލް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ނޮޓިންހަމްގެ ކުޅުންތެރިއަކު މަދުވިތާ ނުވަ ވަރަކަށް މިނިޓް ފަހުން މެޗުގެ 76 ވަނަ މިނިޓްގައި ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ރަޝްފޯޑަށް އޭރިއާތެރެއިން ޑަނީލޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އާސެނަލް ދަނޑުގައި 57 ސިކުންތު ތެރޭގައި ގޯލު ޖަހައި އަންދްރެެއަސް ޕެރެއިރާ ވަނީ ފުލަމް އަށް ލީޑުނަގައިދީފަ އެވެ. އާސެނަލުން އެއްވަރުކުރީ މެޗުގެ 70 ވަަނަ މިނިޓްގައި ބުކާޔޯ ސަކާ ޖެހި ޕެނަލްޓީންނެވެ. މިއީ، އާސެނަލްގެ ފަބިއޯ ވިއޭރާ އަށް އޭރިއާތެރެއިން ފުލަމްގެ ކެނީ ޓެޓޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ފަބިއޯ ވިއޭރާ ދިން ބޯޅައަކުން މެޗުގެ 72 ވަނަ މިނިޓްގައި އެޑީ އެންކެޓިއާ އާސެނަލަަށް ލީޑުނަގައިދިނެވެ.

މެޗުގެ 83 ވަަނަ މިނިޓްގައި ފުލަމްގެ ބޭސީ އަށް ރަތް ކާޑެއް ދެއްކި ނަމަވެސް އެ ޓީމުން ފަހަތަށް ނުޖެހި އެޓޭކަށް ވިސްނައިގެން ކުޅެ ނަތީޖާ ހަމަހަަމަކުރި އެވެ. ފުލަމް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓްގައި ޖޮއާއޯ ޕަލީނިއާ އެވެ.

ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 2-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ބްރައިޓަން ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 3-1 އިން ބޮޑު މޮޅެއް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox