އިންޑިއާގެ ރޭލެއްގައި ޕަސެންޖަރުން ބޭނުންކުރި ގޭސްފުޅިއެއް ގޮވައި ރޯވި އަލިފާނުގައި ނުވަ މީހުން މަރުވެއްޖެ އެވެ.
ޓަމިލްނާޑޫ ސްޓޭޓްގެ މަދުރައި ސިޓީގައި ހިނގި އެ ހާދިސާގައި އިތުރު ނުވަ މީހުންނަށް އަނިޔާވި ކަމަށް އޮފިޝަލުން ބުންޏެވެ.
ރޭލުގައި ދަތުރު ކުރަމުން ދިޔައީ 50 އަށް ވުރެ ގިނަ މީހުންނެވެ. އެ މީހުން އުއްތަރް ޕްރަދޭޝް ސްޓޭޓުން ދަތުރު ފެށީ ދީނީ އަޅުކަމަކަށް ދިޔުމަށެވެ.
ހޮނިހިރު ދުވަހު ހެނދުނު ގޭސްފުޅި ގޮވައި ރޯވީ ރޭލު ސްޓޭޝަނުގައި މަޑުކޮށްފައި އޮތް ވަގުތެއްގައި ޕަސެންޖަރުން އުނދުން ޖައްސައިގެން އުޅެނިކޮށެވެ.
އޮފިޝަލުން ބުނީ ގޭސްފުޅި ރޭލުގެ ތެރެއަށް އަރުވަައި އުނދުން ބޭނުންކުރަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށެވެ.










