އިރުއުތުރު އިންޑިއާގައި އިމާރާތް ކުރަމުން ދިޔަ ރޭލްވޭ ބްރިޖެއް ވެއްޓި 17 މީހުން މަަރުވެ، އިތުރު ބަޔަކު ގެއްލިއްޖެ އެވެ.
އެ ހާދިސާ ހިނގީ މިޒޮރަަމް ސްޓޭޓްގެ ސައިރަންގް އަވަށް ކައިރީގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުނ ބްރިޖް ވެއްޓުނު އިރު، އެ ސައިޓްގައި ގާތްގަނޑަކަށް 40 މަސައްކަތްތެރިން އުޅުނެވެ.

ބްރިޖް ވެއްޓުނު ސަބަބު ސާފެއް ނޫނެވެ. ދައުލަތުން ހިންގާ ރޭލްވޭ އިދާރާއިން ވަނީ އެކަމުގެ ތަހުގީގު ފަށައިފަ އެވެ.
މިޒޮރަމްގެ ޗީފް މިނިސްޓަރު ޒޮރަމްތަންގަ ވިދާޅުވީ ބުދަ ދުވަހުގެ ރެއާ ހަމައަށް 17 ހަށިގަނޑު ފެނިފައިވާ އިރު، ރެސްކިއު ޓީމުތަކުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހާދިސާގެ އަސަރުކޮށްފައިވާ އެންމެންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން،" ބޮޑު ވަޒީރު ނަރެންރްދަ މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ގޮތުގައި ސަރުކާރުން 200،000 ރުޕީޒް ނުވަތަ 2،400 ޑޮލަރު ދިނުމަށް ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ވަރަށ ގިނައިން މިފަދަ ހާދިސާތައް ހިނގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުޅަނގު ގުޖަރާތު ސްޓޭޓުގައި ހިނގާ މީހުންނަށް ހާއްސަ ސަސްޕެންޝަނ ބްރިޖެއް ވެއްޓި 140 މީހުން މަރުވި އެވެ.










