ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ، ޕްރައިވެޓް ބީޗެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޕްރައިވެޓް ބީޗް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެެވެ.
އާބަންކޯއިން ބުނީ ފަތުރުވެރިންނަށް ހާއްސަ ބީޗު ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދަކީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާ ޖެހިގެން އޮތް ސަރަހައްދުގައި ކަމަށެވެ.
އެ ބީޗް ހަދައި ނިމޭއިރު އެ ސަރަހައްދުގައި ލައިފްގާޑް ހަޓަކާއި، ފާހަނަ، ޝަވަރު އަދި ކިއޮސްކްގެ އިތުރުން ގިނަ ހިދުމަތްތަކެއް ތަރައްގީކުރެވޭނަ ކަމުގައި އާބަންކޯއިން ބުނެ އެވެ. އަދި މި ޕްރައިވެޓް ބީޗަކީ ހުޅުމާލޭގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމުގައި އެ ކުންފުނިން ފާހަގަކުރި އެވެ.
މިހާރު ވެސް އެ ބީޗުގެ މަސައްކަތް އާބަންކޯއިން އަންނަނީ ކުރަމުންނެވެމިހާރު ވެސް މި ބީޗުގެ މަސައްކަތް އާބަންކޯއިން އަންނަނީ ކުރަމުންނެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެ މަސައްކަތުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.













