ލިވަޕޫލް (އޮގަސްޓް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ލިވަޕޫލްގެ އަލެކްސިސް މެކް އަލިސްޓާ އަށް ދެއްކި ރަތް ކާޑަށް އެޕީލްކޮށް، ލިވަޕޫލުން ކާމިޔާބު ހޯދައިފި އެވެ.
ބޯންމައުތު އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގައި މެކް އަލިސްޓާ އަށް ރަތް ކާޑު ދެއްކީ ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު އެވެ. މެޗުގެ 58 ވަނަ މިނިޓްގައި މެކް އަލިސްޓާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ، ބޯންމައުތުގެ ރަޔާން ކްރިސްޓީ އަށް ފައުލުކުރި ކަމަށް ބަަލަ އެވެ.
އެ ރަތް ކާޑާ އެކު، މެކް އަލިސްޓާ، 24، އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. އެކަމަކު، ލިވަޕޫލުން އެ ކާޑު އެޕީލްކޮށް ކާމިޔާބު ހޯދުމާ އެކު، ސަސްޕެންޝަނެއް ނެތި މެކް އަލިސްޓާ އަށް އަލުން ކުޅުމަށް އާދެވޭނެ އެވެ.
މެކް އަލިސްޓާ އަށް އެ ފައުލަށް ރަތް ކާޑެއް ދެއްކީ ނާއިންސާފުން ކަމަށް ބޯންމައުތު މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ ބުނެފަ އެވެ.
މި ސީޒަނުގައި ބްރައިޓަން ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް ފަހު، އާޖެންޓީނާ ގައުމީ ޓީމުގެ މިޑްފީލްޑަރު، މެކް އަލިސްޓާ އަންނަނީ ހުރިހާ މެޗެއްގެ ވެސް ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ.












