ކުރީގެ ނޫސްވެރިޔާ އަދި ސިޔާސީ މިނިވަންކަން ހޯދުމަށް އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު އާނިޔާ މިއަދު މަރުވެއްޖެ އެވެ.
އާނިޔާ މަރުވީ ކެންސަރުގެ ބައްޔަށް ފަރުވާ ކުރަމުން ގެންދަނިކޮށް އިންޑިއާގެ ބެންގަލޫރުގަ އެވެ.
އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ހެދި "މިނިވަން ނޫސް" ހިންގުމުގައި އިސް ދައުރެއް އަދާ ކުރި މީހެކެވެ. އަދި ފަހުން "މިނިވަން ރޭޑިއޯ" ވެސް ހިންގީ އާނިޔާ އެވެ.
އާނިޔާއަކީ ސޯޝަލް މީޑިއާގައި ވެސް އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކޮށް ހެދި އާންމުންގެ ތެރޭގައި މަޝްހޫރު މީހެކެވެ. އެގޮތުން ކުރިން ޓުވިޓާގައި އަދި ފަހުން ކްލަބްހައުސްގައި އެކި ކަންކަމާ ގުޅޭ ގޮތުން ބަހުސްކޮށް، ވާހަކަ ދެއްކި އެވެ.
ދިވެހިރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި ވެސް އާނިޔާ އިސް ދައުރެއް އަދާ ކުރި އެވެ. އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ވެސް ހުއްޓެވެ.

މެއި، 2022، ގައި އޭނާ އެމްޑީޕީން ވަކިވީ، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭއްވި އިންތިހާބަށް ފަހެވެ.











