އެންމެ ބޮޑު ކުރިއެރުމަކީ ޔާމީނަށް އޮތް ލޯބި މި ސަރުކާރަށް ނައްތާނުލެވުން: ހުސައިން

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ހުސައިން މުހައްމަދު ލަތީފު ގއ. ނިލަންދޫގައި. -- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ހުސައިން މުހައްމަދު ލަތީފު ގއ. ނިލަންދޫގައި. -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބާއި ކުރިއެރުމަކީ ސަޕޯޓަރުންގެ ހިތުގައި ޔާމީނަށް އޮތް ލޯތްބާއި އޭނާގެ ލެގަސީ މި ސަރުކާރަށް ނައްތާ ނުލެވުން ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުގައި އިއްޔެ ގއ. ނިލަންދޫގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ކޮންމެ އިންސާނަކަށް ވެސް މާއްދީ ކަންކަން ބޭނުންވާނެ ކަމަށާއި، ނަމަވެސް މި ސަރުކާރަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަރުބަލިކޮށް މަގުމަތި ކޮށް ނުލެވުނު ކަމަށެވެ.

"ބޮޑު ސަރުކާރެއްގެ ނުފޫޒާއި އާރާއި ބާރުގެ ތެރެއިން ނުކުރެވުނު ކަންތައް ތަނެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގެއްޖެ. ރައީސް ޔާމީނަށް އޮތް ލޯތްބާއި އެ މަނިކުފާނު މި ގައުމަށް ގެނައި ތަރައްގީ އާއި އެ މަނިކުފާނުގެ ލެގަސީ މިތަނުން ނައްތާނުލެވުނު މި ސަރުކާރަކަށް. މިއީ އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ،" ރައީސް ޔާމީނާ ވަރަށް ގާތް ގުޅުމެއް އޮންނަ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ހުސައިން ވިދާޅުވި އެވެ.

ހުސައިން އަބްދުއްލަތީފު ގއ. ނިލަންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ޕީޕީއެމް
ހުސައިން އަބްދުއްލަތީފު ގއ. ނިލަންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ޕީޕީއެމް

ހުސައިން އަބްދުއްލަތީފު ގއ. ނިލަންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ޕީޕީއެމް

"މީގެ މާނައަކީ އަޅުގަނޑުމެން އެއްބުރުން، އިރާދަ ކުރެއްވިއްޔާ ނުވައެއް ސެޕްޓެމްބަރުގައި މި ސަރުކާރު ބަލިކޮށް ޑރ. މުއިއްޒު އިންތިހާބު ކުރާނަމޭ. މިއަށް ވުރެ ރަނގަޅު މިސާލެއް އަޅުގަނޑުމެންނަށް ދެއްކޭކަށް ނެތް."

ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށާއި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި އެއް ސަފެއްގައި، މިހާރު ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ޔާމީނަށް ދިނަސް، އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތީ ތަންފީޒު ކުރައްވަމުންދާ 11 އަހަރުގެ ހުކުމް ދެމި އޮތުމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox