ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފަށަން ތައްޔާރު ވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފަށަން ތައްޔާރު ވަނީ

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކަން ފަށަން ތައްުޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ހުސްކުރަން އަންގައިފި އެވެ.

ހުޅުމާލެ ބަލަހައްޓާ އާބަންކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފަޅުގައިން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް އެ ފަޅުގައި އަޅާފައިހުރި އުޅަނދު ތަކާއި އަޑިއަށް ގޮސްފައިހުރި އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ފަޅަކީ ކްރޫޒް ޓާމިނަލް ހެދުމަށް ހުޅުމާލެ މާސްޓަ ޕްލޭނުގައި ހިމަނާފައިވާ ސަރަހައްދެވެ. ނަމަވެސް ހުުޅުމާލެ މާސްޓަ ޕްލޭން ބަދަލުކޮށް އެ ފަޅު ހިއްކައިގެން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުުޅުމާލެއިން ދޫކުރާ ބައެއް ގޯތި ކަނޑަން ހަމަޖެހިފައިވަނީ އެ ސަރަަހައްދުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުން ހިއްކަން ޕްލޭން ކޮށްފައިވާ ސަރަހައްދު ފާހަނގަކޮށްފައި، އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަސްތެރޭ ނެގުމަށް އާބަންކޯއިން ވަނީ އަންގާފައި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުން ހިއްކަން ޕްލޭން ކޮށްފައިވާ ސަރަހައްދު ފާހަނގަކޮށްފައި، އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަސްތެރޭ ނެގުމަށް އާބަންކޯއިން ވަނީ އަންގާފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުން ހިއްކަން ޕްލޭން ކޮށްފައިވާ ސަރަހައްދު ފާހަނގަކޮށްފައި، އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަސްތެރޭ ނެގުމަށް އާބަންކޯއިން ވަނީ އަންގާފައި

އާބަންކޯ އިން ބުނީ އެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް މިއަދުން ފެށިގެން އެއް ދުވަސްތެރޭ ނަގަން ޖެހޭނެ ކަމަށެވެ.

އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ 'ތިލަފުއްޓާއި ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާ އުސޫލު'ގެ ދަށުން އެތަކެތި އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށާއި މިގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި އެ އުޅަނދެއް އެ ތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 6،200 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ހުޅުމާލެއިން 2،200 ގޯތި ދޫކުރާނެ އެވެ. އަދި ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

މި ސްކީމުގެ ދަށުން ބާކީ ހުރި ގޯތިތައް ދޫކުރާނީ ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ގޯތި ކެނޑުމަށް ގިރާވަރުފަޅުގެ ބޮޑުބައެއް މިހާރުވެސް ވަނީ ހިއްކާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox