ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެޝިންތަކާއި މެޝިންގެ ރޯލު ދޫކުރުމުގެ ހިދުމަތް މާލޭ ބިޒްނަސް ސެންޓަރަށް ބަދަލުކުރަން ނިންމައިފި އެވެ.
ބީއެމްއެލް ކާޑު މެޝިންތައް ދޫކުރުމުގެ ހިދުމަތް މިހާރު ދެނީ ގ. އޯކިޑްމާގޭގައި ހުންނަ އޮފީހުންނެވެ.
ބީއެމްއެލް އިން މިއަދު ބުނީ ބޭންކުން ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހޯދައިދިނުމުގެ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ކާޑު މެޝިނާއި ކާޑު މެޝިންގެ ރޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކުގެ ބިޒްނަސް ސެންޓަރުން ކަމަށެވެ.
އެ ބަދަލާއެކު އޯކިޑްމާގެ މެދުވެރިކޮށް މި ހިދުމަތްތައް ދިނުން ހުއްޓާލާނެ ކަމަށް ބޭންކުން ބުނެ އެވެ.
ބޭންކުން ބުނީ މާލޭ ބިޒްނަސް ސެންޓަރުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށް ވެސް ޕީއޯއެސް މެޝިންގެ ރޯލު ލިބޭނެ ކަމަށެވެ.










