ރިޔާސީ ކެމްޕޭން: ރައީސް އއ. އަތޮޅުގެ ހަތް ރަށަކަށް

ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު; އިއްޔެ އެ އަތޮޅުގެ ހަތް ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު

ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު; އިއްޔެ އެ އަތޮޅުގެ ހަތް ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އިއްޔެ އަރި އަތޮޅު އުތުރު ބުރީގެ ހަތް ރަށަކަށް ވަޑައިގެންނެވުމަށްފަހު އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގެ ތިން ވަނަ ސިޔާސަތު އިފްތިތާހު ކުރެއްވި އެވެ.

ރައީސް ސޯލިހް އަރި އަތޮޅަށް ކުރައްވަމުން ގެންދަވަނީ ދެ ދުވަހުގެ ކެމްޕޭން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިއްޔެ އަރި އަތޮޅު އުތުރު ބުރީގައި އޮންނަ އަށް ރަށުގެ ތެރެއިން ހަތް ރަށަށް ވަޑައިގެން, ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި އަރި އަތޮޅުން، ހާއްސަކޮށް އއ. އަތޮޅުން ރައީސް ސޯލިހު ބޮޑު ކާމިޔާބެއް ހޯއްދެވި އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަ ވާއިރު، ބަދަލުވެފައިވާ ސިޔާސީ މަޝްރަހުގެ އަސަރު މި އަތޮޅުގެ ބައެއް ރަށްރަށުން ފެނެ އެވެ.

titledesc

ރިޔާސީ އިންތިހާބުގައި އއ. އަތޮޅުން ރައީސަށް ބޮޑު ތާއިދެއް ލިބުމުގެ އިތުރަށް އެ އަތޮޅުގެ ދެ ދާއިރާގެ މަޖިލިސް ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީންނެވެ.

އއ. ތޮއްޑޫ

އަރި އަތޮޅު އުތުރުބުރީގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގެންނެވީ ތޮއްޑުއަށެވެ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އަންނަ ދައުރުގައި އެރަށަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ދެއްވި އެވެ.

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ތޮއްޑުއަށް ވަޑައިގެންނެވުން -- ފޮޓޯ: އިޔާން/ އަދަދު
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ތޮއްޑުއަށް ވަޑައިގެންނެވުން -- ފޮޓޯ: އިޔާން/ އަދަދު

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ތޮއްޑުއަށް ވަޑައިގެންނެވުން -- ފޮޓޯ: އިޔާން/ އަދަދު

ވައުދުތައް:

  • ސޯޝަލް ސެންޓަރެއް ގާއިމް ކުރުން
  • ވަސީލަތްތަކާއެކު ކައުންސިލް އިދާރާ ގާއިމްކޮށްދިނުން
  • ސްކޫލަށް ބޭނުންވާ ހަ ކްލާސްރޫމާއި, ސައިންސް ލެބް އަދި ލައިބްރަރީ ގާއިމްކޮށްދިނުން
  • އާ މިސްކިތެއް އިމާރާތް ކޮށްދިނުން
  • މަލްޓި ފެސިލިޓީ ޕާކެއް އަޅައި ދިނުން

ތޮއްޑޫގެ އާބާދީގައި 2,222 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 1,532 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ ރަސްދު އަށެވެ.

އއ. ރަސްދޫ

ރަސްދުއަށް ރައީސް ވަޑައިގެންނެވިއިރު, އެރަށުގެ ޕީޕީއެމަށް ނިސްބަތްވާ މެންބަރުން ތިއްބެވީ, ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރަން ނިކުމެ އެވެ.

އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޔާމީން މިނިވަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކޮށްދެއްވޭނެ ކަމެއް އަދި ނެތް ކަމަށާއި ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ.

އެހެން ރަށްތަކެކޭ އެއް ފަދައިން ރައީސް ވަނީ ރަސްދުއަށް ވެސް ވައުދުތަކެއްވެ ވަޑައިގެންފަ އެވެ.

  • ޕިކްނިކް އައިލެންޑެއް ގާއިމުކުރުން
  • އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުން
  • ސްކޫލުގައި މަލްޓިޕާޕަސްހޯލް, ޕްލޭ އޭރިއާ އަދި ލައިބްރަރީއެއް ގާއިމްކުރުން
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުން
  • ރަށް ކައިރީގައި ފްލޯޓިން ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކުރުން
  • ސްވިމިން ޓްރެކެއް އޭޅުން
  • ފުޑްބޯޅަ ސްޓޭޑިއަމެއް އެޅުން

ރަސްދޫގެ އާބާދީގައި 1,279 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 1,080 މީހުންނެވެ. ރަސްދުއަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ބޮދުފޮޅުދު އަށެވެ.

އއ. ބޮޑުފޮޅުދޫ

ބޮޑުފޮޅުދުއަށް ވަޑައިގެން ރައީސް ވަނީ ސަރުކާރުން އެ ރަސުގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވާފަ އެވެ.

އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ހިންގި އަދި ހިންގަމުން އަންނަ މަޝްރޫއުތަކާ އެކު ރަށްތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ވައުދުތައް:

  • ބަނދަރު ބޮޑުކުރުން
  • ރޯ ހައުސް އެޅުން
  • މަގު ހެދުން
  • އޮފީސް ކޮމްޕްލެކްސް އިމާރާތެއް ގާއިމްކުރުން
  • ހޭންޑްބޯލް ކޯޓެއް އަދި ފުޓްސަލް ގްރައުންޑެއް އެޅުން
  • ސްކޫލަށް 12 ކްލާސްރޫމު އިތުރު ކުރުން
  • ދިއްގާފަޅު ޕިކްނިކް އައިލެންޑަކަށް ހެދުން

ބޮޑުފޮޅުދޫގެ އާބާދީގައި 842 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 633 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މަތިވެރި އަށެވެ.

އއ. މަތިވެރި

މަަތިވެރިއަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި ސަރުކާރުން ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ނިމުން ފާހަގަކުރައްވާފަ އެވެ.އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ, އެރަށު ރައްޔިތުން އެދި އެދި ތިބި ކަންތައްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ވަނީ, އެމްއެމްޕީއާރްސީގެ ފަރާތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކުއްޔަށް ދިން 50 ފަޅު ރަށާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ އއ. މަތިވެރި ކައިރި އޮތް ފަޅު އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ކައުންސިލުގެ އިހުތިސާސްގައި ހިމެނުމުގެ އެންމެހާ ކަންކަން ނިމިފައިވާ ކަން ހާމަ ކުރައްވާފަ އެވެ.

ވައުދުތައް:

  • ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ލުއި ލޯނު ދިނުން
  • ހައުސިން ޔުނިޓު އެޅުން
  • އާ މިސްކިތެއް އިމާރާތް ކުރުން
  • ހޭންޑްބޯލް ކޯޓެއް އެޅުން
  • ސްކޫލު އޮފީސް އިމާރާތާއި, ލެބޯޓްރީ ރޫމެއް ގާއިމްކޮށްދިނުން
  • ހެލްތް ސެންޓަރުގައި އިތުރު ވަސީލަތްތައް ގާއިމުކުރުން
  • އާ އިންޖީނުގެއެއް އެޅުން
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުން
  • އާ ބަނދަރާއެކު, ދޯނި އެހެލާ ތަނެއް ހެދުން
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

މަތިވެރީގައި އާބާދީގައި 1,047 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 775 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މޮޅަދު އަށެވެ.

އއ. މާޅޮސް

ފަސް ވަނަ މަންޒިލް ކަމަށްވާ މާޅޮހަށް ރައީސަށް ވަޑައިގެންނެވުނީ ހަވީރު އެވެ. މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އަންނަ ދައުރުގައި އެރަށަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ވިދާޅުވެދެއްވާފަ އެވެ.

ވައުދުތައް:

  • ރޯ ހައުސް އެޅުން
  • ދޯނި އެހެލާތަނެއް ހެދުން
  • ގެދޮރު ހެދުމަށް ބޭނުންވާ ލުއި ލޯނު ދިނުމަށް ހާއްސަ ބޭންކެއް އެކުލަވާލުން
  • ޒަމާނީ ހުކުރު މިސްކިތެއް އިމާރާތްކޮށްދިނުން
  • ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް އަޅައި ދިނުން
  • ހެލްތް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް, އިތުރު ވަސީލަތްތައް ގާއިމްކުރުން
  • ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައި ދިނުން
  • ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ފަތުރުވެރިންނަށް ހާއްސަ ބީޗެއް ތަރައްގީކޮށް ދިނުން
  • އާ އައިސް ޕްލާންޓެއް ގާއިމްކޮށް ދިނުން
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

މާޅޮހު އާބާދީގައި 765 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 415 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ފެރިދޫ އަށެވެ.

އއ. ފެރިދޫ

ފެރިދުއަށް ރައީސަށް ވަޑައިގެންނެވުނުއިރު, އިރުއޮއްސި 6:00 އެވެ. އެރަށުގައި އެމަނިކުފާނު ވަނީ ސަރުކާރުން ގާއިމްކޮށްދީފައިވާ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވާފަ އެވެ.

ވައުދުތައް:

  • މަގު ހެދުން
  • އާ ހުކުރު މިސްކިތެއް އިމާރާތްކޮށް ދިނުން
  • ތަފާތު ކުޅިވަރު ކުޅެވޭނެ ތަނެއް ހަދައިދިނުން
  • ފުލުހުންގެ މަރުކަޒެއް އަޅައި ދިނުން

ފެރިދޫ އާބާދީގައި 860 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 486 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އިއްޔެގެ ފަހު މަންޒިލް ކަމަށްވާ އުކުޅަހަށެވެ.

އއ. އުކުޅަސް

އުކުޅަހަށް ވަޑައިގެން ރައީސް ވަނީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގެ ތިން ވަނަ ސިޔާސަތު އިފްތިތާހުކޮށް ދެއްވާފަ އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އިގުތިސޯދީ ބޮޑު ބަދަލެއްގެ ބިންގާ ކަމަށާއި އެ މަސައްކަތްތައް ނިންމަން އަދި ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ.

ތިން ވަނަ ސިޔާސަތެއްގެ ގޮތުގައި ނެރުނީ ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވެ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމަށް އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" ސިޔާސަތެވެ. މި ސިޔާސަތުގައި ހިމެނެނީ ކުށުގެ ވެށިން ދުރުކުރުމާއި, ކުށުގެ ވެއްޓަށް ފާރަވެރިވުން އަދި ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ; މި ތިން ބައެވެ.

ވައުދުތައް:

  • ފްލެޓް އެޅުން
  • މިހާރު މަސައްކަތް ކުރިއަށްދާ މަގުތައް ހަދާ ނިމުމުން, ބާކީ ހުރި މަގުތައް ހެދުން
  • ކައުންސިލުގެ އާ އޮފީހާއެކު އޮފީސް ކޮމްޕްލެކްސް އިމާރާތެއް އަޅައި ދިނުން
  • އާ ބޮޑު މިސްކިތެއް އަޅައި ދިނުން
  • ރަށް ކައިރީގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް ދިނުން
  • ގަލަގިލިފަޅުގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށް ދިނުން
  • މި ސަރަހައްދުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމްކޮށް ދިނުން
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އުކުޅަހަށް ވަޑައިގެން ސިޔާސަތު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ: އިޔާން/ އަދަދު
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އުކުޅަހަށް ވަޑައިގެން ސިޔާސަތު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ: އިޔާން/ އަދަދު

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އުކުޅަހަށް ވަޑައިގެން ސިޔާސަތު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ: އިޔާން/ އަދަދު

އުކުޅަހު އާބާދީގައި 1,144 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 520 މީހުންނެވެ.

އަށް ރަށުގެ މައްޗަށް އެކުލެވިފައިވާ އއ. އަތޮޅުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5,908 މީހުން އެބަ ތިއްބެެވެ. ކުދި ރަށްތަކުގެ މައްޗަށް އެކުލެވޭ މި އަތޮޅުގެ ގިނަ ރަށްތަކަށް ކުރިން އަޅާ ނުލެވި އޮތް އިރު, ރައީސް ވަޑައިގެން ކޮށްދެއްވި ކުދި ކުދި ކަންތައް ވެސް ރަށު ރައްޔިތުން އުފަލާއެކު ބަލައިގަނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox