ކުރާނެ ޝަކުވާއެއް ނެތް، ބޮޑުފޮޅުދޫގެ ތާއީދު ރައީސަށް

ރައީސް, ބޮޑުފޮޅުދުއަށް ވަޑައިގަންނަވާއިރަށް މަރުހަބާ ކިޔަން ނިކުމެ ތިބި މީހުން; މި ރަށު މީހުންނަށް ކުރާނެ ޝަކުވާއެއް ނުފެނުނު -- ފޮޓޯ; އިޔާން/ އަދަދު

ރައީސް, ބޮޑުފޮޅުދުއަށް ވަޑައިގަންނަވާއިރަށް މަރުހަބާ ކިޔަން ނިކުމެ ތިބި މީހުން; މި ރަށު މީހުންނަށް ކުރާނެ ޝަކުވާއެއް ނުފެނުނު -- ފޮޓޯ; އިޔާން/ އަދަދު

އއ އަތޮޅުގައި އޮންނަ ބޮޑުފޮޅުދޫ ތޮށި މަތީގައި ވެސް ހުރީ އެމްޑީޕީ ދިދަ ޖަހާފަ އެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެހެން ރަށްތަކުން ފެންނަ މަންޒަރާ އަޅައި ބަލާއިރު މިރަށް ތަފާތެވެ. އެމްޑީޕީ އިސްވެ އޮތް ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީގެ ކުލަ ނޫން ކުލައެއް ރަށު ތެރެއަކުން ނުފެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ކުދި ބޮޑު އެންމެން ނިކުމެ ތިބީ އެހާމެ އުފަލުން, ކުރާނެ އެއް ވެސް ޝަކުވާ ނެތި އެވެ. މަރުހަބާގެ ގިޑިގޭގައި އެ ރަށަށް ކޮށްދީފައިވާ ކަންތައްތައް ލިސްޓު ކޮށްފައި ހުއްޓެވެ. ގިޑިގޭގެ އަނެއް ފަރާތުގައި ހުރީ ދެން އިތުރަށް ބޭނުންވާ ކަންކަމެވެ. ކޮށްދޭނެ ކަމުގެ އެއްވެސް ޝައްކެއް ނެތި އެވެ

އަށް ސަތޭކަ މީހުންގެ އާބާދީ އޮންނަ އެ ރަށުގެ ބޮޑުމަގުން މެދަކާ ހަމައަށް ދެވުނުއިރު, މަރުހަބާ ސަފާއި މާ ދުރުގައި އަންހެނުންތަކެއް ތިއްބެވެ. ކައިރިއަށް ޖެހިލާފައި ރަށުގެ ހާލަތު އޮޅުން ފިލުވައިލީމެވެ. އާންމުކޮށް އެހެން ދުރުގައި ތިބެނީ އެ ރަށަކަށް ވަޑައިގަންނަވާ ކެންޑިޑޭޓަކަށް ތާއިދު ނުކުރާ މީހުންނެވެ.

"މީގެ ކުރިން މި ރަށަށް އަޅާއެއް ނުލާ. ރައީސް އިބޫ ވެރިކަމަށް ވަޑައިގެން ވަރަށް ބައިވަރު ކަންތައްތައް އެގެންދަވަނީ ކޮށްދެއްވަމުން. ގިނަ ކަންކަން އެެހެރީ ނުނިމުނަސް ފެށިފައި. މީގެ ކުރިން އެވަރު ވެސް ނުވޭ" އެތަނުން އެކަކު ބުންޏެވެ.

މެދު އުމުރުގެ އެ ގްރޫޕު މީހުންނަށް ވެސް ބޮޑުފޮޅުދޫން އެކަމެއް މިކަމެއް ނުވެއޭ ބުނެ ކުރާނެ ޝަކުވާއެއް ނެތެވެ. މީގެ ކުރިން ސަރުކާރަކުން ނުދޭ އަހަންމިއްޔަތުކަމެއް އެރަށަށް ލިބުނުކަމަށް އެމީހުން ތިބީ ޝުކުރުވެރިވެގެންނެވެ.

ކުދި އާބާދިތައް އޮންނަ އެހެން ރަށްތަކޭ ހިލާފަށް, ރައީސް ވަޑައިގެން ބޭއްވި ކުޑަ ބައްދަލުކުރެއްވުން ފާހަގަވީ ސިޔާސީ ބޮޑު ޖަލްސާއެއް ފަދައިންނެވެ. އެތަނުގައި ޖަހާފައިވާ ގޮނޑިތަކަށް ވުރެ އިތުރަށް މީހުން އެއްވެ ތިބުމާއެކު, އެއްބަޔަކު ތިބެން ޖެހުނީ ވެސް ކޮޅަށެވެ.

ރައީސް, އއ. ބޮދުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކުޑަ ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު
ރައީސް, އއ. ބޮދުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކުޑަ ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

ރައީސް, އއ. ބޮދުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކުޑަ ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

ބޮޑުފޮޅުދޫން ރައީސް ސޯލިހަށް ތާއިދު ކުރާ ސަބަބު އެންމެ ސާފުކޮށް ބަޔާން ކޮށްދެއްވީ, އެރަށުގެ ކައުންސިލް ރައީސް ޝުޖާއު އާދަމް އެވެ. ޕޯޑިއަމުގައި ވާހަކަދައްކަވަން އޭނާއަށް ލިބިވަޑައިގެންނެވި ކުޑަ ވަގުތު ކޮޅުގައި, މީގެ ކުރިން އެރަށު ރައްޔިތުން އުޅެމުން ދިޔަ ހަލު ބަޔާންކޮށް ދެއްވި އެވެ.

"ބޮޑުފޮޅުދޫ ރައްޔިތުންނަކީ ތާއަބަދު ތަރައްގީއަށް ފެންބޮވައިގެންފައިވާ ބައެއް. އެހެން ނަމަވެސް ވޭދުވެދިޔަ ސަރުކާރުތަކުގައި އަޅުގަނޑުމެންނަށް އަޅާނުލެވުން. ހަގީގަތުގައި އަޅުގަނޑުމެން ސަލާންޖެހީ އެހެން ނަމަވެސް އެކަމުގެ އެއްވެސް ނަތީޖާއެއް އަޅުގަނޑުމެންނަށް ނުފެނުނު" ޝުޖާއު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިންތިހާބު ކުރުމުގެ ނަތީޖާއަކީ ޝުޖާއު ވިދާޅުވި ގޮތުގައި އެ ރަށުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކެވެ.

"ފެނާއި ނަރުދަމާ އަޅާ މިއޮތް ނިމެނީ. ޒުވާނުންނަށް ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފު އަޅައި ނިމި, ޒަމާނީ ވޮލީކޯޓެއް ހަދާނިމި, ހުޅުވުމުގެ މަސައްކަތް ކުރިއަށް ދަނީ. ކުޑަ ރަށަކަށް ވީތީ, ލެބޯޓްރީއެއްގެ ހިދުމަތް ވެސް މަހުރޫމުވެފައިވީ. ރައީސް ސޯލިހުގެ ސަރުކާރުން ހަމަގައިމު ވެސް ސިއްހީ މަރުކަޒު ތެރެއިން ލިބިގެން އެބަދޭ." ރަށަށް އައި ބަދަލުތަކުގެ ލިސްޓު ޝުޖާއު ވިދާޅުވެ ދެއްވި އެވެ.

މިއަދާ ހަމައަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ޝުޖާއު ވިދާޅުވި ގޮތުގައި 1990 ވަނަ އަހަރުން ފެށިގެން ރައްޔިތުން ދިރިއުޅެމުން ގެންދަނީ ވަރަށް ދަތި ހާލުގަ އެވެ. އޭރުއްސުރެ އެރަށުން ގޯތި ލިބިފައިވާ އެއްވެސް މީހަކު ނެތް އިރު, އެރަށުން ގޯތި ދިނުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ފެއްޓެވީ ވެސް ރައީސް ސޯލިހެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމަކީ މި ދައުރުގައި ރައީސް ސޯލިހު ކުރައްވަން ވައުދުވެވަޑައިގެންނެވި ކަމެކެވެ. މިހާރު އެ މަޝްރޫއުގެ ވެސް އަމަލީ މަސައްކަތް ފެށިފައިވާއިރު, އަންނަ ހަފްތާ ތެރޭގައި ކޮންނަ ބޯޓު އައިސް އެކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް, އއ. ބޮދުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކުޑަ ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު
ރައީސް, އއ. ބޮދުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކުޑަ ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

ރައީސް, އއ. ބޮދުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކުޑަ ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު

ލިބުނު މިންވަރަށް ޝުކުރުވެރިވެފައި ތިބި ބޮޑުފޮޅުދޫ ރައްޔިތުންނަށް ރައީސް މިއަދު ދެއްވި ޔަގީންކަމަކީ ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީންކަމެވެ. ރަށުގެ ރައްޔިތުން ބޭނުންވާ އިތުރު ކަންތައްތައް ކޮށްދެއްވަން ވެސް މިއަދު ވައުދުވެވަޑައިގެންނެވި އެވެ.

ބޮޑުފޮޅުދޫ ރައްޔިތުންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:

  • ބަނދަރު ބޮޑުކުރުން
  • ރޯ ހައުސް އެޅުން / ބޯހިޔާވަހިކަން ހޯދައި ދިނުން
  • މަގު ހެދުން
  • އޮފީސް ކޮމްޕްލެކްސް އިމާރާތެއް ގާއިމްކޮށްދިނުން
  • ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް އެޅުން
  • ސްކޫލަށް 12 ކްލާސްރޫމު އިތުރުކޮށްދިނުން
  • ދިއްގާފަޅު ޕިކްނިކް އައިލެންޑަކަށް ހެދުން

ބޮޑުފޮޅުދޫން ވާހަކަދެއްކި އެހެން މީހުންގެ ވެސް އުއްމީދުތައް ހުރީ އުހުގަ އެވެ. ފަށާފައި ނުނިމި ހުރި ކަންތައްތައް ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މީހުންނަށް އެބަ އޮތެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކަމެއް ކޮށްދެއްވަންޏާ ކޮށްދެއްވާނީ ރައީސް ސޯލިހު ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

"ބޮޑެތި ތަންތަނުގެ ވާހަކަ ދައްކައިގެން, ކުދި ތަންތަނަށް އަޅާލުމަކީ އެއީ ކުރި ތަރުތީބު އޮޅުމޭ ނޫނޭ, އެއީ ކުރަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ދައްކައިދެއްވީ ރައީސް ސޯލިހު, ކިތަންމެ މަދަސް އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންކަން ސާބިތު ކޮށްދެއްވީ ރައީސް ސޯލިހް." މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝުޖާއު ވިދާޅުވި އެވެ.

ބޮޑުފޮޅުދޫން ވާހަކަ ދެއްކި އާންމުން ބުނާ ގޮތުގައި މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެރަށުން ބޮޑު ތަރުހީބެއް ލިބޭނެ އެވެ. ކުރިން ތާއިދު ނުކުރާ ކިތަންމެ ބައެއްގެ ވޯޓު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox