"އާބަން އައިލް"ގައި ސާވިސް އެޕާޓްމަންޓު ތަރައްގީ ކުރަން 10 ބިމެއް ބިޑަށް ހުޅުވާލައިފި

ހުޅުމާލޭގެ އެންމެ އުތުރުން ތަރައްގީ ކުރެވޭ އާބަން އައިލް ގެ ކުރެހުމެއް---

ހުޅުމާލޭގެ އެންމެ އުތުރުން ތަރައްގީ ކުރެވޭ އާބަން އައިލް ގެ ކުރެހުމެއް---

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން ޓޫރިޒަމް އައިލެންޑްގެ ގޮތަށް ތަރައްގީކުރާ "އާބަން އައިލް"ގައި ސާވިސް އެޕާޓްމަންޓް ތަރައްގީކުރުމަށް 10 ބިމެއް ބިޑަށް ހުޅުވާލައިފި އެވެ.

އާބަންކޯ އިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި ރެޒިޑެންޝަލް އެޕާޓްމަންޓުތައް ތަރައްގީކުރަން ދޫކުރާ ބިންތަކަކީ 6،500-8،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

މި ބިންތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އާބަންކޯ އިން 200،000-245،000 ޑޮލަރު އަގެއް ކަނޑައަޅާފައިވާއިރު މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށްވެސް ވަނީ ހުޅުވާލާފަ އެވެ.

އާބަން އައިލް އިން ދޫކުރާ ބިންތަކުގެ ތަފްސީލް:

އާބަންކޯ އިން ބުނި ގޮތުގައި އެ ބިންތަކުގައި ހިންގާ މަޝްރޫއުގެ އަގު އުޅޭނީ 4.9 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) އިން ފެށިގެން 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އާ ދެމެދު އެވެ. އަދި މި ބިންތަކުގައި ހަދާ އިމާރާތްތަކުގެ އުސްމިން ކަނޑައަޅާނީ ބިމުގެ ލޮކޭޝަން އަށް ބެލުމަށް ފަހުގައި ކަމަށާއި އެ އިމާރާތްތަކުގައި އެއް ކޮޓަރީގެ އެޕާޓްމަންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓު ހަދަން ޖެހޭ ކަމަށް އާބަންކޯއިން ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

އާބަން އަައިލްގެ ނަމުގައި ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނަށް ޖުމްލަ 23 ހެކްޓަރުގެ ކަނޑައަޅާފައިވާއިރު މި ޕްރޮޖެކްޓު ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ޕްރޮޖެކްޓަކަށް ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ. އެގޮތުން، ސީދާ އަދި ނުސީދާ ގޮތުން ގިނަ ދާއިރާތަކަށް ފައިދާވެ ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށާއި މި ރަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދީ މައި ހަބު ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރަސްމީ ވައިގެ ބަނދަރާއި ގުޅިފައިވާ ރަށެއް ކަމުން އާބަން އައިލް ވެެގެންދާނީ ކުރު އަދި ދިގު މުއްދަތުގެ ސްޓޭތަކަށް ވެސް އެކަށޭނަ މަންޒިލަކަށް ކަމަށާއި އާބަން އައިލް ގައި އަޅާ އެކޮމޮޑޭޝަންތަކުގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައްވެސް ގާއިމުކުރާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox