ތާއިފް (އޮގަސްޓް 13) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު އަރަބް ކްލަބް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރޭ އަލް ހިލާލް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، އަލް ނަސްރުން މުބާރާތުގެ ތަށި ކާމިޔާބުކޮށްފި. މިއީ އަލް ނަސްރާއެކު ރޮނާލްޑޯ ހޯދި ފުރަތަމަ ތަށިއެވެ.
ތާއިފްގެ ކިންގް ފަހުދު ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލްގައި ފުރަތަމަ ލަނޑު ޖަހައި، ލީޑު ހޯދީ ހިލާލްއެވެ. ބާސެލޯނާ އާއި ޒެނިތު ސެއިންޓް ޕީޓަސްބާގަށް ކުރިން ކުޅުނު ބްރެޒިލްގެ ވިންގަރ މެލްކޮމް މެޗުގެ 51 ވަނަ މިނިޓުގައި ހުރަސްކޮށްލި ބޯޅަ، އަލް ނަސްރުގެ ގޯލަށް އަމާޒުކޮށްލީ ބްރެޒިލްގެ މިޑްފީލްޑަރު މައިކަލްއެވެ.
އެކަމަކު އަލް ނަސްރުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނިޓުގައި ރޮނާލްޑޯ ޖެހި ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އަދި މެޗުގެ ފަހުކޮޅު، އަލް ނަސްރުގެ ދެ ކުޅުންތެރިންނަށް ރަތްކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ފުރިހަމަ ވަގުތު ހަމަކުރީ ނުވަ ކުޅުންތެރިންނާއެކުއެވެ.
އަލް ނަސްރުން މެޗުގެ އިތުުރު ވަގުތުގައި ލީޑު ހޯދީ މެޗުގެ 98 ވަނަ މިނިޓުގައި ރޮނާލްޑޯ ޖެހި ލަނޑުންނެވެ. އެކަމަކު އެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއްނުވެ، ރޮނާލްޑޯ ވަނީ އަނިޔާވެގެން ބާލައިފައެވެ. ރޮނާލްޑޯ އަށް އަނިޔާވިއިރު، ސައުދީ ޕްރޯ ލީގުގެ ފުރަތަމަ މެޗުގައި އަލް އިއްތިފާގާ ދެކޮޅަށް މާދަމާ ކުޅޭނެއެވެ.
ރެއާލް މެޑްރިޑާއި ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓަޑަށް ކުރިން ކުޅުނު ރޮނާލްޑޯ .38، އަލް ނަސްރަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. އެ ޓީމަށް ރޮނާލްޑޯ ކުޅުނު ފުރަތަމަ ސީޒަންގައި އަލް ނަސްރު ސީޒަން ނިންމާލީ ދެވަނައިގައެވެ.
ރޮނާލްޑޯގެ ފަހަތުން މި އަހަރު، ގިނަ ތަރިންތަކެއް ވަނީ ސައުދީ ލީގަށް ބަދަލުވެފަ އެވެ.












