ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ހިތާނީ ކޭމްޕް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ 250 އަށް ވުރެ ގިނަ ކުދިންނަށް މި ކޭމްޕުގައި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ކޭމްޕްގެ މަގްސަދަކީ ހިތާނު ކުރާ ކުދިންގެ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް ފަސޭހަ ކަމާއިއެކު އެންމެ ފުރިހަމައަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވެސް ޓްރީ ޓޮޕުން ބުނެ އެވެ. މި ހިތާނީ ކޭމްޕުގައި އޮޕަރޭޝަނަށް ހާއްސަ ހަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއް ވަނީ ހަރަކާތްތެރިވެފަ އެވެ.
ޓްރީ ޓޮޕް ހިތާނީ ކޭމްޕު ޕެކޭޖުން ފޯރުކޮށްދިން ހިދުމަތްތައް
- އޮޕަރޭޝަންނަށް ހާއްސަ ޑޮކްޓަރު އަދި ހޭނައްތާ ޑޮކްޓަރު
- ކޮންސަލްޓޭޝަން
- ލެބް އިންވެސްޓިގޭޝަންސް
- ސަރޖަރީއަށްފަހު ދެވޭ ބޭސް
- ޑޭކެއާ ޔުނިޓް ހިދުމަތް
- ފޮލޯ އަޕް ކޮންސަލްޓޭޝަން
މި ޕެކޭޖުގައި ރޫމް އަޕްގްރޭޑް ކުރަން ބޭނުންވާ ބޭފުޅުންނަށް ހާއްސަ އަގުތަކެއް ވެސް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ޓްރީ ޓޮޕްގެ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅައިގެން އަދި ހޮސްޕިޓަލަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.










