ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުުގެ ހިދުމަތްތައް ފުޅާކުރުމުގެ ހާއްސަ މަސައްކަތްތަކެއް އެ ހޮސްޕިޓަލުން ފަށައިފިއެވެ.
ޒަމާނީ ސިއްހީ ބޭނުންތަކަށް ހިދުމަތް ދިނުމަށްޓަކައި ޓްރީ ޓޮޕުން ތަފާތު ޑައިގްނޯސްޓިކް ރޭޑިއޮލޮޖީ އޮޕްޝަންތަކެއް ފޯރުކޮށްދެ އެވެ. އެގޮތުން އެންމެ ފަހުގެ އިމޭޖިން ޓެކްނޮލޮޖީތަކާއި ހާއްސަ ރޭޑިއޮލޮޖިސްޓުންނާއި ޓެކްނީޝަނުން ތިބި ޑިޕާޓްމަންޓުގެ އަމާޒަކީ ޑޮކްޓަރުންނަށް ސީދާ ފަރުވާގެ ޕްލޭންތައް އެކުލަވާލުމުގައި ސައްހަ ސްކްރީނިންތައް ފޯރުކޮށްދިނުން ކަމުގައި ޓްރީ ޓޮޕުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެގްނެޓިކް ރެސޮނަންސް އިމެޖިން ނުވަތަ އެމްއާރުއައިގެ ހިދުމަތަކީ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ އަދި ބަލިމީހުންގެ ބޮޑު ޑިމާންޑެއް އޮންނަ ހިދުމަތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ޑައިގްނޯސްޓިކް ހެލްތްކެއާއަށް ހެޔޮ ބަދަލެއް ގެނައުމުގެ އަޒުމުގައި ގިނަ ރޭޑިއޮލޮޖީ ހިދުމަތް ފޯރުކޮށްދެ އެވެ. ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި:
- އެމްއާރުއައި
- އެކްސްރޭ
- ފްލޫރޯސްކޯޕީ
- ސީޓީ ސްކޭންސް
- ބޯން ޑެންސިޓޮމެޓް
- އަލްޓްރާސައުންޑް
- މެމޮގްރަފީ
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ޓްރީޓޮޕްގެ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުއްވައިގެން އަދި ހޮސްޕިޓަލަށް މެއިލްކުރުމުން ލިބޭނެ އެވެ.










