ކުރީގެ ރައީސް ޑރ. ވަހީދުގެ ދެބަފައިން ޖޭޕީއަށް

ކުރީގެ ރައީސް ޑރ.،މުހައްމަދު ހަސަންމަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ފޯމް ހަވާލުކުރައްވަނީ. ފޮޓޯ: ޖޭޕީ

ކުރީގެ ރައީސް ޑރ.،މުހައްމަދު ހަސަންމަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ފޯމް ހަވާލުކުރައްވަނީ. ފޮޓޯ: ޖޭޕީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި ދަރިކަލުުން ޖެފްރީ ސާލިމް ވަހީދު މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ވަހީދާއި ދަރިކަލުން ޖެފްރީ ޖޭޕީއަށް ސޮއިކުރެއްވީ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން އެޕާޓީން މިރޭ އދ.މާމިނގިލީގައި ބޭއްވި ޖަލްސާއެއްގަ އެވެ. މާމިނގިއްޔަކީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަށެވެ.

ކުރީގެ ރައީސް ޑރ.ވަހީދުގެ ދަރިކަލުން ޖެފްރީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ. ފޮޓޯ:ޖޭޕީ
ކުރީގެ ރައީސް ޑރ.ވަހީދުގެ ދަރިކަލުން ޖެފްރީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ. ފޮޓޯ:ޖޭޕީ

ކުރީގެ ރައީސް ޑރ.ވަހީދުގެ ދަރިކަލުން ޖެފްރީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ. ފޮޓޯ:ޖޭޕީ

ސިޔާސީ މަސައްކަތުގައި އުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ޑރ.ވަހީދު އަމިއްލަފުޅު ޕާޓީއެއް ވެސް ކުރިން އުފެއްދެވި އެވެ. ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓިޕާޓީ ރިޔާސީ އިންތިހާބު 2008 ވަނަ އަހަރު ބޭއްވި އިރު އެފަހަރުގެ އިންތިހާބު ކާމިޔާބުކުރި ކޯލިޝަނުގައި އެޕާޓީ ހިމެނުނެވެ. ގުޅިފައިވާ ޕާޓީތަކުން އެފަހަރު ތާއީދު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ރަނިން މޭޓްގެ ހައިސިއްޔަތުން އެމަނިކުފާނަށް އެފަހަރު ނައިބުރައީސްކަން ލިބިވަޑައިގެންނެވި އެވެ.

ރައީސްކަން ލިބިވަޑައިގެންނެވީ އިދިކޮޅުން ކުރި މުޒާހަރާތަކާއި ފުލުހުން ހިންގި މިއުޓިނީއަކަށް ފަހު ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އަމިއްލަފުޅު ޕާޓީ ހިންގެވުން ހުއްޓަވައިލައްވާފައި އެމަނިކުފާނު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނުނެރުމަކީ އެ ޕާޓީގެ ލީޑަޝިޕްގެ ހިޔާނާތެއް، އަދި އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވެ، ޕީޕީއެމުން އެމަނިކުފާނު ވަކިވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox