ނަޝީދު ވިދާޅުވީ ކޯލިޝަން އެގްރިމެންޓެއްގައި ސޮއިކޮށްފި ނަމަ ހަފުތާއެއް ތެރޭ ޔާމީން މިނިވަން ކުރާނެ ކަމަށް

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އިން ކުރިން ބޭއްވި ޖަލްސާއެއްގައި؛ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެއްބަސްވުމެއްގައި ސޮއިކުރައްވަން ނަޝީދު ތައްޔާރުކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އިން ކުރިން ބޭއްވި ޖަލްސާއެއްގައި؛ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެއްބަސްވުމެއްގައި ސޮއިކުރައްވަން ނަޝީދު ތައްޔާރުކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރަން އެގްރިމެންޓެއްގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ސޮއިކޮށްފި ނަމަ ހަފުތާއެއްގެ ތެރޭގައި ޔާމީން މިނިވަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި، ޔާމީން މިނިވަން ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕުން ބޭނުންނުވާ ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ބާރު އެޅުއްވީ އެ ޕާޓީން ޑިމޮކްރެޓްއާއެކު ކޯލިޝަނެއް ހެދުމަށެވެ.

"އަޅުގަނޑުމެން ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން، ތި ބޭފުޅުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއި އަޅާތާ، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި، މާލެ މަގުމަތީގައި އަޅުގަނޑު އަބަދު ހުރެގެން ވެސް، ރައީސް ޔާމީން ގެއަށް ގެނެސްދޭނަން، އަދި ރައީސް ޔާމީން ދޫވެސްކޮށްލާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރަން ބޭނުންވާ ހަގީގީ މަސައްކަތް ޕީޕީއެމްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ނުކުރާ ކަމަށެވެ.

"ރައީސް ޔާމީން ފަސް އަހަރު ޖަލުގައި ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑާޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެ ގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީމާ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި، ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަކެއް ސާބިތުވާ ކަމަށް ކަނޑައަޅައިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ސަލާމަތް ކުރުމަށް ހަގީގީ މަސައްކަތެއް ކުރެވޭނީ ޑިމޮކްރެޓްސްއަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، މިއަދު ވެސް ރައީސް ޔާމީން ޖަލުން ނެރުމަށް، ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް، ޕީޕީއެމަކަށް ނޫން، ޕީޕީއެމްގެ ލީޑަޝިޕުން އެ މަސައްކަތް ކޮށްދޭން ހުރި ނަމަ ރައީސް ޔާމީން ޖަލުގައި ނުހަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނަޝީދު 13 އަހަރަށް ޖަލަށްލީ އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، ޓެރަރިޒަމް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ހުކުމް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައި ނުގަނެ، ނަޝީދު މިނިވަން ކުރަން ގޮވާލަމުން ދިޔަސް، މިނިވަނެއް ނުކުރެ އެވެ.

ނަތީޖާއެއްގެ ގޮތުން ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުނެވެ. އެމަނިކުފާނަށް އޭރު އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައިވީ ނަމަވެސް ވާދަނުކުރެވޭނެ ކަން ޔަގީންވުމުން އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރި އެވެ. އޭގެ ފަހުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބުކުރަނީ، މިހާރުގެ ރައީސް ސޯލިހެވެ.

ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox