ފެނާއި ކަރަންޓު ނެތުމުން އދ. ދިއްދޫ ސެޓަލައިޓް ސްކޫލުގެ ކިޔެވުން ނުފެށޭ

އދ. ދިއްދޫ ސްކޫލް -- ފޯޓޯ: ކައުންސިލް

އދ. ދިއްދޫ ސްކޫލް -- ފޯޓޯ: ކައުންސިލް

އދ. ދިއްދޫ ސެޓަލައިޓް ސްކޫލަށް ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭތީ އެ ސްކޫލުގެ ކިޔެވުން ނުފެށޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލުގެ ނައިބު ރައީސް އަހްމަދު އާދަމް ވިދާޅުވީ ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން ސުކޫލުގެ ކިޔެވުން ފެށިފައިނުވާ ކަމަށެވެ.

"ތިފަދަ [ކަރަންޓާއި ފެނުގެ ހިދުމަތް ނުލިބުން ފަދަ] ގިނަ މައްސަލަތަކެއް އެބަހުރި އެތާގަ. އަޅުގަނޑުމެން ޕްރިންސިޕަލާ ވާހަކަ ދައްކާލިން. ސްކޫލު ފެށުނިއްސުރެ ކުދިން ގެންގޮސްގެން ކިޔަވައެއް ނުދެވޭ،" އަހްމަދު އާދަމް ވިދާޅުވި އެވެ.

Advertisement

އަހްމަދު ވަނީ ސުކޫލުގައި ހުރި މައްސަލަތައް ގާތުން ބަލައި ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމުގައި ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިހާރު ވެސް މި ދަނީ ސްކޫލާ ދިމާލަށް. އެތަނުގަ ހުރި މައްސަލަތައް ބަލައި ދެނެގަންނަން،" ކައުންސިލުގެ ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ދިރާސީ އައު އަހަރާއިއެކު އދ. ދިއްދޫ ސުކޫލުގައި ސެޓަލައިޓްކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އެ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުންނެވެ. ދިއްދޫގައި މިހާރު އުޅެނީ ގާތްގަނޑަކަށް 200 މީހުންނެވެ. އޭގެ ތެރޭގައި 22 ދަރިވަރުން ހިމެނެ އެވެ.

އދ. ދިއްދޫ ސުކޫލުގެ އިތުރުން ވ. ރަކީދޫ، ބ. ފުޅަދޫ އަދި ގއ. ކޮނޑޭ ސްކޫލްގައި ވެސް މިއަހަރު އަލަށް ސެޓަލައިޓް މެދުވެރިކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox