އިހުތިރާމާއެކު ކެމްޕެއިން ކުރަން އީސީން ކެންޑިޑޭޓުންނަށް އިލްތިމާސްކޮށްފި

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުން ވެސް އެކަކު އަނެކަކަށް އިހުތިރާމާއެކު ކެމްޕެއިން ކުރުމަށާއި އެއްވެސް ކެންޑިޑޭޓެއްގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެއްވެސް އަމަލެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް، ރިޔާސީ އިންތިހާބުގެ މައި މަރުކަޒު، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ގިނަ އަދަދެއްގެ ކެންޑިޑޭޓުން މި ފަހަރު ނުކުތުމުން ދޭހަވަނީ ޑިމޮކްރެސީގައި ރާއްޖެ ކުރިއަރާފައިވާ މިންވަރު ކަމަށެވެ. މިރެއިން ފެށިގެން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާއިރު، ކެމްޕެއިން ކުރުމުގައި ވަކި އަހުލާގީ މިންގަނޑެއްގައި ބެހެއްޓުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"ޑިމޮކްރެޓިކް، އިންތިހާބުތަކުގެ ހަރަކާތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުވިކަން ދޭހަވި ކަމެއް،" ހަބީބު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރާއިރު، މިއީ އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި ރިޔާސީ އިންތިހާބެވެ. 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރި އެވެ.

އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބަށް ވެފައި، އެހެން ފަހަރުތަކަށް ވާދަވެރި ކެމްޕެއިނެއް ފެނިގެން ދާނެ ކަމަށް ހަބީބު ގަބޫލުކުރައްވަ އެވެ. ވާދަވެރި ކެމްޕެއިނުގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކު އަދި ކެންޑިޑޭޓަކަށް ތާއީދު ކުރާ މީހަކު ވެސް އެނަކަކުގެ ގަދަރު ދަށްކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އެއް ބަޔަކު ބާއްވާ ބައްދަލުވުމަށް އަނެއް ބަޔަކު ހުރަސް ނޭޅުމާއި، އިންތިޒާމު ނަގާލަން މަސައްކަތް ނުކުރުމާއި، މިފަދަ ކަމެއް ހިނގާ ނަމަވެސް އަމިއްލައަށް އެކަން ހައްލު ކުރަން އުޅުމުގެ ބަދަލުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް،" ހަބީބު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށް، ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ ޝިއާރުތައް ފާޅުކުރެވޭ އިރު އެއްވެސް ބަޔަކު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމާއި ރިޝްވަތުގެ އަމަލުތައް ނުހިންގެވުމަށް ވެސް ހަބީބު އިލްތިިމާސް ކުރެއްވި އެވެ. އިސްލާމް ދީނަށް ހުރުމަތް ކެނޑޭ ފަދަ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަތެވެ.

އަދި ތަކުރާރުކޮށް، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގުތަކަށް އަނެއް ކެންޑިޑޭޓުން އަރައިގެން ނުވާނެ ކަމަށް އިލްތިމާސް ކުރެއްވި އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އެޅުވުމަކީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ހިލާފު، އަދި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން، ތިމާއަށް ލިބޭ ހައްގެއް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހުތިރާމު ކުރުމަކީ ތަހުޒީބީ މުޖުތަމައުގެ އަސާސް،" ހަބީބު ވިދާޅުވި އެވެ.

ނަންބަރު ތަރުތީބުން ވާދަކުރާ ކެންޑިޑޭޓުން

  1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
  2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)
  3. އިބްރާހިމް މުހައްމަދު ސޯލިހު (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ)
  4. ޑރ. މުހައްމަދު މުއިއްޒު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)
  5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
  6. އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
  7. އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް)
  8. މުހައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަދުވެގެން ވޯޓުލާ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ހޯދަން ޖެހެ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ.

ޖުމްލަ 604 ވޯޓުފޮށި ބަހައްޓަ އެވެ. އެއީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. އަދި 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox