ޑރ. ވަހީދު ވިދާޅުވަނީ މުއިއްޒަށް ތާއިދުކުރަން އަދި ނުނިންމާ ކަމަށް

ޑރ. ވަހީދާއި, ޑރ. ޖަމީލް އަދި ޑރ. މުއިއްޒު; މުއިއްޒަށް ތާއިދުކުރަން ނުނިންމާ ކަމަށް ވަހީދު ވިދާޅުވި -- ފޮޓޯ: އަދަދު

ޑރ. ވަހީދާއި, ޑރ. ޖަމީލް އަދި ޑރ. މުއިއްޒު; މުއިއްޒަށް ތާއިދުކުރަން ނުނިންމާ ކަމަށް ވަހީދު ވިދާޅުވި -- ފޮޓޯ: އަދަދު

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރަން އަދި ނުނިންމަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު, މުއިއްޒަށް ތާއިދު ކުރައްވާފައިވާ ކަމަށް ބުނެ ނޫހަކުން ޖެހި ލިޔުމަކަށް ރައްދު ދެއްވާ އޭނާ ވިދާޅުވީ, އެއްވެސް ކެންޑިޑޭޓަކަށް ތާއިދުކުރާކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ.

ވަހީދު ވިދާޅުވީ, ތާއިދު ކުރައްވާ ކެންޑިޑޭޓަކު ވަގުތު ޖެހުމުން ހާމަ ކުރައްވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވަހީދުގެ ބަހެއް ހޯދަން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިއަދު ހެނދުނެވެ. މުއިއްޒު ފޯމު ހުށަހެޅުއްވީ އިދިކޮޅު ލީޑަޝިޕް އަދި ރައީސް އަބްދުالله ޔާމީންގެ ވެސް ތާއީދާ އެކު ކަމަށް ޕީއެންސީން ބުނެފައިވެ އެވެ.

އެހެން ނަމަވެސް, މުއިއްޒުގެ ފޯމު ހުށަހަޅަން ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ދަރުބާރު ގެއަކަށް ވަޑައެއް ނުގަންނަވަ އެވެ. އަދި ފޯމު އީސީން ބަލައިގަތުމުން ވެސް ލީޑާޝިޕްގެ ގިނަ ބޭފުޅުން މުއިއްޒުއަށް މަރުހަބާ ދަންނަވާފައެއް ނުވެ އެވެ.

ޑރ. ވަހީދު ވެސް މުއިއްޒުއަށް ތާއިދުކުރައްވަން ނިންމަވާފައި ނުވާއިރު, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެވެން ނެތްނަމަ، ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ވަރަށް ކުރިންވެސް ދަންނަވާފައި ވާނީ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވެސް، ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަޅުގަނޑުވެސް އެބަ ހުރީމޭ" ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅީ އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވާފައިވާ، ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެވެ.

އެ ނިންމުން އެގޮތަށް ނިންމާފައި އޮއްވައި އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހުކުމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox