އުރީދޫ މަސްރޭސް: މާލޭގެ ޗެމްޕިއަންކަން ސޮނީ ފިޝިން

މަސްރޭހުގެ އެންމެ މޮޅު އަންހެން ކެޔޮޅު -- ފޮޓޯ: އުރީދޫ

މަސްރޭހުގެ އެންމެ މޮޅު އަންހެން ކެޔޮޅު -- ފޮޓޯ: އުރީދޫ

އުރީދޫ މަސްރޭސް 2023ގެ މާލެ ސިޓީގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން ހޯދައިފި އެވެ.

އުރީދޫއިން ބުނީ ސޮނީ ފިޝިން ޓީމުން މަސްރޭހުގެ އެއްވަނަ ހޯދީ ޖުމުލަ 860.34 ޕޮއިންޓާއިއެކު ކަމަށެވެ. ޗެމްޕިއަން ޓީމަށް އުރީދޫއިން ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 25،000ރ. ދީފަ އެވެ.

މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިނެވެ. އަދި 412.18 ޕޮއިންޓާ އެކު މާލެ ސިޓީ އިން ތިންވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ.

އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ޓީމް ކްރަންޗީސްގެ ނައުޝާދު ހޮވުނުއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ހޯދީ ޑީޓިއުންފިޝިންގ އިން ފެޒޫ އެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަނދި އެކެއެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިން ޓީމް ސޮނީ ފިޝިންގ އިން ވަލީދުއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަ ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށް ފައެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީހުތަކުގަ އެވެ.

  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11،
  • އައްޑޫ ސިޓީ: އޮގަސްޓް 18،
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25،

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox