ބޮއިކޮޓްގެ ވިސްނުން ދޫކުރައްވައި، ޔާމީނުގެ ތާއީދު މުއިއްޒަށް ދެއްވައިފި

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު (މ)، ރަނިން މޭޓު ހުސައިން މުހައްމަދު ލަތީފު (ކ)، އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް؛ ކެންޑިޑޭޓު މުއިއްޒަށް ލީޑަރު ޔާމީނުގެ ތާއީދު އޮތް ކަން ޔަގީނެއް ނުކޮށްދިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު (މ)، ރަނިން މޭޓު ހުސައިން މުހައްމަދު ލަތީފު (ކ)، އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް؛ ކެންޑިޑޭޓު މުއިއްޒަށް ލީޑަރު ޔާމީނުގެ ތާއީދު އޮތް ކަން ޔަގީނެއް ނުކޮށްދިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ދޫކޮށްލައްވައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން އެމަނިކުފާނު ނިންމަވައިފި އެވެ.

ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީގެ ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރީ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކަން ހަވާލުކޮށްފައިވާ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ބެކްއަޕް ކެންޑިޑޭޓެއް ނެރުމުގެ ބޭނުމުގަ އެވެ.

އެހެން ނިންމާފައިވަނިކޮށް އެއީ އެންމެ ފަހު ޕްލޭން ކަމަށާއި، ވަގުތު އޮވެއްޖެނަމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑާޝިޕުން ބުނަމުން ދިޔަ އެވެ. ނަމަވެސް، އިންތިހާބުގައި ވާދަކުރުމަށް ޔާމީނުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެމަނިކުފާނު ލަފާ ދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

ޔާމީން އެ ގޮތަށް ލަފާ ދެއްވާފައިވަނިކޮށް މުއިއްޒު މިއަދު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވި އެވެ. މުއިއްޒު ފޯމު ހުށަހެޅުއްވީ ޔާމީނުގެ ތާއީދާއި ރުހުން އެ ކަމުގައި އޮވެގެންތޯ ނޫސްވެރިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހުން ޕްރެސް ކޮންފެރެންސެއް ބާއްވާނެ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ޔާމީނުގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިން މޭޓެއް ގޮތަށް ހަމަޖެއްސެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕީޕީއެމްގެ ސެނެޓުުން އިންތިހާބުގައި ވާދަކުރުމަށް އެދޭތީވެ ޔާމީނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައިވާ ކަމަށެވެ.

"ސެނެޓްގެ ވިސްނުމާ އެއް ގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައެވެ. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެ އެވެ." ޖަމީލު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން ލަފާ ދެއްވުމުން، އެ ކަމުގައި ގޮތެއް ނިންމަން އެ ޕާޓީގެ ސެނެޓު އިއްޔެ ބައްދަލުވި އެވެ. ޕީޕީއެމް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ހިޔާލުފާޅުކުރަން ފުރުސަތު ނުދީ ވޯޓަށް އަހަން އުޅުމުންނާއި، ބޭރުން ބަޔަކު އޮފީހުގެ ތެރެއަށް ވަދެ ގަތުމުން ހަމަނުޖެހުން ވެސް ބޮޑުވި އެވެ. ފަހުން ސެކިއުރިޓީއަށް އެދި، ފުލުހުން ވަނީ އެ ސަރަހައްދަށް ވެސް ގޮސްފަ އެވެ.

އެ ބައްދަލުވުމުގައި ވެސް ނިންމީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އިންތިހާބު ބޮއިކޮޓް ކުރަން 45 މެންބަރަކު ވޯޓު ދިން އިރު، ބޮއިކޮޓް ކުރުމާ ދެކޮޅަށް 67 މެންބަރަކު ވޯޓު ދިނެވެ. ސެނެޓުގެ ނިންމުން، ޔާމީނާ ހިއްސާކުރުމުން އެމަނިކުފާނު އެއަށް ފަހު ވެސް ވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ ޕީޕީއެމުން މި އިންތިހާބު ބޮއިކޮޓް ކުރުމަށް ކަން އަންގަވައިފަ އެވެ.

އެމަނިކުފާނުގެ ހިޔާލު ބަދަލުކުރެއްވީ އޭގެ ވެސް ފަހުންނެވެ.

މީގެ ކުރިން 2013 އަދި 2018 ގައި ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޔާމީނުގެ ޝަރުތު މި ފަހަރު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ.

އެ ހުކުމާއެކު، ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ވެސް ނުދައްކާ އޮތުމުން، ސާބިތު ދަރަންޏެއް އޮވެގެން ވެސް ޝަރުތު ފުރިހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ދެން ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް، މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް، މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫން، އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox