އާރްއާރްސީ، އެސްޓީއޯ، ފެނަަކަ އަދި އެފްއެސްއެމް ވެސް ކުއާޓާ އަށް

Aug 6, 2023, 5:13 AM
ޓީމު އެފްއެސްއެމްގެ ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީމު އެފްއެސްއެމްގެ ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް، ޓީމު ފެނަކަ އަދި ޓީމު އެފްއެސްއެމް ފުރުސަތު ހޯދައިފި އެވެ.

އެ ގޮތުން، އާރްއާރްސީން ވަނީ އެމްއޭސީއެލް އަތުން 1-0 އިން މޮޅުވެފަ އެވެ. މޯލްޑިވިއަންގެ މައްޗަށް 3-1 އިން އެސްޓީއޯ ކުރިހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ފެނަކަ އިން ވަނީ 5-1 އިން ގޭސް ކްލަބް ބަލިކޮށްފަ އެވެ. އަދި އެފްއެސްއެމް އިން ވަނީ 5-0 އިން ކްލަބް ފެން އަތުން މޮޅުވެފަ އެވެ.

އެމްއޭސީއެލް ކޮޅަށް އާރްއާރްސީގެ ހަމައެކަނި ލަނޑު ޖެހީ އަލީ ހާފިޒް (ހާއްޕެ) ފޮނުވާލި ބޯޅައެއްގައި ހުސެއިން ގައްސާން ލަބީބް އެވެ. އެސްޓީއޯގެ ހުޒައިފަތު ރަޝީދު (ހުޒޭ) ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މޯލްޑިވިއަންގެ ހަމައެކަނި ލަނޑު ޖެހީ ހައްފާފު ސިދްގީ އެވެ.

ފެނަކަ އިން ގޭސް ކްލަބް ކޮޅަށް ލަނޑުތައް ޖެހީ މައްސޫދު މާޖިދު ފަލާހީ ދެ ގޯލާއި އައްޒާމް އަބްދުﷲ (އެޑޫ)، މުހައްމަދު އިޔާދު އަލީ އަދި ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. ގޭސް ކްލަބްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

އެފްއެސްއެމް ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އައިހަމް އަހުމަދު (އައިހު) ދެ ގޯލާއި މުހައްމަދު ނާފިއު އަހުމަދު އަދި އަބްދުﷲ ޒިޔާން އެވެ.

ކްލަބް މޯލްޑިވްސްގެ ދެ މުބާރާތެއްގެ މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. އެ ގޮތުން، 17:00 ގައި ކުޅޭނީ އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި ޓީމު ފެނަކަ އަދި ޕޮލިސް ކްލަބް ބައްދަލުކުރާ މެޗެވެ. އަދި މިރޭ އޮންނާނީ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގަދަ 16 ބުރުގެ ފުރަތަމަ ހަތަރު މެޗެވެ. އެ ގޮތުން، 20:15 ގައި ފަށާ ދެ މެޗަށް ބަލާއިރު، ޓީމު ޑީޖޭއޭ ކުޅޭނީ ޓްރޭޑް ކްލަބާ އެވެ. އަދި ޓީމު ބަދަހިން ބައްދަލުކުރާނީ އެމްއެމްއޭ ސޯޝަލް ކްލަބާ އެވެ.

މިރޭގެ ފަހު މެޗުތައް 21:45 ގައި ފަށާއިރު، އެޗްޕީއެސްއެން ނުކުންނާނީ އޭސީސީ ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީސް ކުޅެން ޖެހެނީ ޓްރާންސްޕޯޓް ރެކްރިއޭޝަންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox