ސްޓީވް ޖޮބްސްގެ ދަރި ކެންސަރުގެ ފަރުވާއަށް ފާމްއެއް ފަށައިފި

ސްޓީވް ޖޮބްސް އަދި އޭނާގެ ދަރި ރީޑް ޖޮބްސް.

ސްޓީވް ޖޮބްސް އަދި އޭނާގެ ދަރި ރީޑް ޖޮބްސް.

އެޕަލްގެ ކޯ ފައުންޑަ ސްޓީވް ޖޮބްސްގެ ދަރި، ރީޑް ޖޮބްސް، ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ ވެންޗާ ކެޕިޓަލް ފާމްއެއް ފަށައިފި އެވެ.

އުމުރުން 31 އަހަރުގައި ރީޑް ފެށި ފާމްއަށް ދީފައިވާ ނަމަކީ "ޔޯސޭމަޓީ" އެވެ. މިއީ އޭނާގެ ބައްޕަ ސްޓީވް ޖޮބްސް އާއި މަންމަ، ފިލަންތްރޮޕިސްޓް ލޯރީން ޕަވެލް ކައިވެނި ކުރި ނޭޝަނަލް ޕާކްގެ ނަމެވެ.

އެކި ފަރާތްތަކުގެ އެހީގައި ޔޮސޭމަޓީ ފާމްގެ ފުރަތަމަ ފަންޑަށް ވަނީ 200 މިލިއަން ޑޮލަރު ލިބިފަ އެވެ. އޭގެ ތެރޭގައި ހައިބަތު ހުރި އިސް ބޭފުޅުންގެ އިތުރުން އެމްއައިޓީ އާއި މެމޯރިއަލް ސްލޯން ކެޓަރިން ކެންސާ ސެންޓާ ފަދަ އިންސްޓިޓިއުޝަންތައް ހިމެނެ އެވެ.

ޕެންކްރިއެޓިކް ކެންސާގައި 2011 ވަނަ އަހަރު ބައްޕަ މަރުވި އިރު ރީޑް ހުރީ ސްޓެންފޯޑްގައި ޑޮކްޓަރަކަށްވުމަށް ޓަކައި ކިޔަވަމުން ދިޔަ އަންޑަގްރެޖުއޭޓް ދަރިވަރެއްގެ ގޮތުގައި އެވެ. ނަމަވެސް ބައްޕަގެ މަރާއެކު އޭނާގެ މޭޖާ ހިސްޓްރީއަށް ބަދަލުކޮށް، އެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހޯދި އެވެ.

ކިޔެވުން ނިންމާލުމަށް ފަހު ރީޑްސް މަސައްކަތްކުރީ އިމާސަން ކަލެކްޓިވްގަ އެވެ. އެއީ އޭނާގެ މަންމަ 2004 ގަ ފެށި ފާމް އެކެވެ. ޔޯސޭމަޓީ އަކީ މީގެން އުފަންވެގެން އައި ރީޑްގެ އަމިއްލަ މަސައްކަތެކެވެ.

އާ ކުންފުނި ހިންގާނީ ޑޯނަރުންގެ އެހީތެރިކަމުގެ އިތުރުން މަސައްކަތްކުރާ ފަރާތްތަކަށް ވެސް ފައިދާ ވާ ފަދަ ގޮތަކަށެވެ. އަދި ޑޮނޭޝަންތައް ކެންސަރުގެ މުހިންމު މަސައްކަތް ކުރާ ފަރާތްތަކަށް ލިބެމުންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox