ޓީމު ޑީޖޭއޭ އާއި ކްލަބް 220 އަށް ފުރިހަމަ ރެކޯޑެއް

Aug 3, 2023, 4:37 AM
ޓީމު ޑީޖޭއޭ އާއި ކްލަބް 220 އަށް ފުރިހަމަ ރެކޯޑެއް

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ޓީމު ޑީޖޭއޭ އާއި ކްލަބް 220 އިން ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.

ގްރޫޕް ސީގެ ފަހު މެޗުތަކަށް ބަލާއިރު، ޑީޖޭއޭ އިން ވަނީ ރޭ އައިޖީއެމްއެޗް ކްލަބް އަތުން 4-2 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ޓްރާންސްފޯޓް ރެކްރިއޭޝަން ކްލަބް އަތުން ތައުލީމީ ގުޅުން ބަލިވީ 2-1 އިންނެވެ. އެ ގްރޫޕްގެ އެއް ވަނަ ޑީޖޭއޭ އިން ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ޓްރާންސްޕޯޓަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަަނަ ހޯދި ތައުލީމީ ގުޅުމާއި ހަތަރެއްގައި ނިންމި އައިޖީއެމްއެޗް ކްލަބްގެ އޮތީ އެއް ޕޮއިންޓެވެ.

ކްލަބް 220 އިން ވަނީ ރޭ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު 4-3 އިން ޓީމު ބަދަހި ބަލިކޮށް، ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. މި ގްރޫޕްގެ ދެ ވަނަ ލިބުނީ ރޭ މެޓް އޮފީސް އަތުން 4-0 އިން މޮޅުވި ރައީސް އޮފީހަށެވެ. އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. ބަދަހި ޓީމުން ގްރޫޕް ނިންމާލީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ފުލަށް ދިޔަ މެޓް އޮފީހަށް ޕޮއިންޓެއް ނުލިބެ އެވެ.

ޑީޖޭއޭ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ރިމާހާއި ސައުދުﷲ އަހުމަދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. އައިޖީއެމްއެޗްގެ ގޯލުތައް ޖެހީ މުހައްމަދު މުނާޒް އާއި އިބްރާހިމް ސޯލިހު އެވެ. ތައުލީމީ ގުޅުމުގެ އަހުމަދު ޝަދީދު އެ ޓީމުގެ ލަނޑު ޖެހިއިރު، ޓްރާންސްޕޯޓް މޮޅުވީ އަލީ މޫނިސް އާއި އިބްރާހިމް ނުހާމްގެ ގޯލުތަކުންނެވެ.

ރޭ ކްލަބް 220 ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އަލީ އިކްރާމް (އައްޔަ) އާއި އަހުމަދު ސާމިހު ދެ ގޯލުގެ އިތުރުން، ބަދަހި ޓީމުގެ އިބްރާހިމް މޫނިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބަދަހި ޓީމަށް މޫނިސް ދެ ގޯލު ޖަހައިދިންއިރު، އެ ޓީމުގެ ކެޕްޓަން، އާސިފް ހަނީފް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޓް އޮފީސް ކޮޅަށް ރައީސް އޮފީހުގެ ގޯލުތައް ޖެހީ މުހައްމަދު އަޝްރަފް ދެ ގޯލާއި އާދަމް ރިޝާދު އަދި މުހައްމަދު ޝަފްރާން އިގްބާލް ގޯލެކެވެ.

ކްލަބް މޯލްޑިވްސް މުބާރާތްތަކުގައި މިއަދު ވެސް ފަސް މެޗެއް ކުޅެވިގެންދާނެ އެވެ. އެ ގޮތުން، ހަވީރު، 17:00 ގައި ކުޅޭނީ އަންހެން ޑިވިޝަނުގެ އެއިޓީން ތާޓީ ފިއެސްޓާ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް އެވެ. މިރޭ ކުޅޭނީ ކްލަސިކް ޑިވިޝަނުގެ ހަތަރު މެެޗެވެ. އެ ގޮތުން، 20:15 ގައި ފަށާނީ އެޓާނީ ޖެނެރަލް އޮފީހާއި ހެލްތު ރެކްރިއޭޝަން ކްލަބްގެ މެޗާއި ހާރިޖީ އާއި ހަޔާ އެޑިއުކޭޝަން ބައްދަލުކުރާ މެޗެވެ. އަދި 21:45 ގައި ކުޅޭނީ ފެހިފަހި ކްލަބާއި އުމްރާނީގެ މެޗާއި މީރާ އާއި އެމްއެމްއޭ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox