ޓްރީ ޓޮޕުން ޑިސްކައުންޓާއިއެކު ޗެކްއަޕް ހެދޭ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް

ޓްރީ ޓޮޕުން ޑިސްކައުންޓާއިއެކު ޗެކްއަޕް ހެދޭ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް

ޑިސްކައުންޓާއިއެކު ސްކޫލް ކުދިންގެ ޗެކްއަޕް ހެދޭ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަނުގެ ބޭނުމަކީ ކުދިން ސްކޫލަށް ދާން ތައްޔާރުވަމުންދާއިރު ރަނގަޅު ސިއްހަތެއްގައި ހުރިކަން ކަށަވަރު ކުރުން ކަމަށެވެ.

މި ޕްރޮމޯޝަން ކުރިައަށް ދާނީ އިއްޔެއިން ފެށިގެން މި މަހުގެ 30ގެ ނިޔަަލަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި ޕްރޮމޯޝަންގައި ވެލް ޗައިލްޑް ޕެކޭޖުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ޑިސްކައުންޓްތައް ލިބޭނެ އެވެ. އެ ޕެކޭޖްގައި ހިމެނެނީ ތަފާތު އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖަރތަކެވެ.

ޕްރޮމޯޝަނުގައި ހިމެނޭ ކަންތައްތައް

  • ކުޑަކުދިންގެ ޑޮކްޓަރާއި އެކު އެސެސްމަންޓް ހެއްދުން
  • ފިޒިކަލް އެގްޒެމިނޭޝަން
  • އިސްކޮޅު، ބަރުދަން އަދި ބީއެމްއައި ބެލުން
  • ނިއުޓްރިޝަނަލް އެސެސްމަންޓް
  • ބްލަޑް ޕްރެޝާ
  • ގްލޫކޯޒް ފާސްޓިން
  • ފުލް ބްލަޑް ކައުންޓް
  • އަޔަން އެންޑް ފެރިޓިން
  • ވިޓަމިން ޑީގެ މިންވަރު ބެލުން
  • ޔޫރިން އެނަލައިސިސް
  • ވެކްސިން ދިނުމުގެ ޝެޑިއުލްއިސްލާހުކުރުން
  • ލިވާ ފަންކްޝަން ޓެސްޓް
  • ރެނަލް ފަންކްޝަން ޓެސްޓް
  • ޑެންޓިސްޓް ސްކްރީނިން
  • ޓޯޓަލް ކޮލެސްޓްރޯލް އެޗްޑީއެލް އަދި ޓްރައިގްލިސެރައިޑްސް
  • ކުޑަކުދިންގެ ޑޮކްޓަރުންނާއެކު ތަހުގީގުތައް ރިވިއުކުރުން
  • ޖީ6ޕީޑީ ސްކްރީނިން

ޑިސްކައުންޓް ރޭޓްތައް

  • ވެލް ޗައިލްޑް (ހަ އަހަރުން ދަށުގެ): ފަސް ޕަސަންޓް ޑިސްކައުންޓް
  • ވެލް ޗައިލްޑް (6-12 އަހަރު): 15 ޕަސަންޓް ޑިސްކައުންޓް
  • -ވެލް ޗައިލްޑް (13-18 އަހަރު): 15 ޕަސަންޓް ޑިސްކައުންޓް

ޗެކްއަޕް ހެދުމަކީ ކުދިންގެ ސިއްހަތާއި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އެ ހޮސްޕިޓަލުގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނަކީ ދިރާސީ އަހަރު ފެށުމުގެ ކުރިން ދަރިންގެ ސިއްހަތަށް އިސްކަންދިނުމަށް ބެލެނިވެރިންނާއި ބެލެނިވެރިން ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަން ފާހަގަކުރެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ތަފާތު ހިދުމަތްތައް ތައާރަފް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox