ދައުރުވަނީ ފޭކް މެސެޖެއްކަން ނަޝީދު ޔަގީންކޮށްދީފި، ވިދާޅުވީ ސިޔާސީ ހަޔާތް ބިނާ ކުރާނީ ރައީސްއާއެކު ނޫން ކަމަށް

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. ސްކްރީންޝޮޓް ފެތުރީ ރައީސް އޮފީހުން ކަމަށް ތުހުމަތު ކުރެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. ސްކްރީންޝޮޓް ފެތުރީ ރައީސް އޮފީހުން ކަމަށް ތުހުމަތު ކުރެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ މެސެޖެއް ކަމަށް ބުނެ ފަތުރަމުންދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އެމަނިކުފާނު ޔަގީން ކޮށްދެއްވައިފި އެވެ.

އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފައްދަވައި ނަޝީދު ސިޔާސީ މަސައްކަތްތައް މިހާރު ކުރިއަށްގެންދަވަނީ އެ ޕާޓީއާ އެކު އެވެ. ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ޕާޓީން ނެރެނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ޕާޓީގެ މެމްބަރުން އެއްބައިވާން އެދި ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުވި މެސެޖެއް ކަމަށް ބުނެ ސްކްރީންޝޮޓެއް މިއަދު މެންދުރު ޓްވިޓާގައި ދައުރުވާން ފެށި އެވެ.

"ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން," އޭގައި ލިޔެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެ ސްކްރީންޝޮޓަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

"މި ބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އަދި އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާ ކުރާނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެންނެއް ނޫން. މިއީ ރައީސް އޮފީހުން ފައިސާ ހަރަދުކޮށްގެން ފޮނުވާ ދޮގު ހަބަރު," އެކަން ދޮގުކުރައްވައި ނަޝީދު މިއަދު ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް އެ ސްކްރީންޝޮޓުގައި އޮތް ވާހަކަތައް ހަބަރުގެ ގޮތުގައި ގެނެސްދީފައިވެ އެވެ.

ޑިމޮކްރެޓްސް އުފެއްދިތާ މާ ގިނަ ދުވަސްތަކެއް އަދި ނުވެ އެވެ. އެމްޑީޕީގެ ތެރެއިން ސިޔާސީ މަސައްކަތްތައް ކުރެވެން ނެތް ކަމަށް ވިދާޅުވެ ނަޝީދު އެ ޕާޓީއާ ފެއަށް ޖެހިލީ އެމްޑީޕީގެ ތެރެއިން ބާރުތައް ގެއްލުމުންނެވެ.

ނަޝީދު ސިޔާސީ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށެވެ. އެކަން އެގޮތަށް ކުރުމަށް ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ނިޒާމީ ވޯޓެއް ނަގާނެކަން ވެސް ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox