ފުވައްމުލަކުގައި ފީނާ މީހުން އަތުން ފީ ނަގަން އެކުލަވާލި ގަވާއިދަށް އަމަލުކުރުން ފަސްކޮށްފި

ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި ޑަވިން ދޯންޏެއް މަޑުކޮށްލައިގެން; ޑައިވިން ފީ ނަގާ އުސޫލަށް އަމަލު ކުރުން ވަނީ ފަސްކޮށްފައި -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި ޑަވިން ދޯންޏެއް މަޑުކޮށްލައިގެން; ޑައިވިން ފީ ނަގާ އުސޫލަށް އަމަލު ކުރުން ވަނީ ފަސްކޮށްފައި -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކުގައި ފީނާއިރު އަމަލުކުރަންޖެހޭ ގޮތް ކަނޑައަޅައި, އެ ސިޓީގެ ކައުންސިލުން އާންމުކޮށްފައިވާ ގަވައިދަށް އަމަލު ކުރުން ފަސްކޮށްފި އެވެ.

"ފުވައްމުލައް އިޙްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖްކުރުމާ ބެހޭ ގަވައިދު" ފުވައްމުލަކު ސިޓީ ކައުންސިލުން އާންމުކުރީ މިދިޔަ ޖޫން މަހު އެވެ.

އެ ގަވައިދަށް އަމަލުކުރަން ފަށަން އޮތީ މިއަދުން ފެށިގެންނެވެ. ނަމަވެސް, އެ ގަވައިދާ ހިތްހަމަ ނުޖެހި, ފުވައްމުލަކު ޑައިވަރުން އިހުތިޖާޖު ކުރި ފަހުން, ސިޓީ ކައުންސިލުން މިވަނީ އެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މިއަދު 'އަދަދު' އަށް ވިދާޅުވީ, އެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފައި ވަނީ, ޑައިވިން ސްކޫލުތަކުން ހިތްހަމަ ނުޖެހޭ ކަންތައްތައް ގަވައިދުގައި ހުރުމުން ކަމަށެވެ. އެ ޑައިވިން ސްކޫލުތަކާ އެކު އިތުރަށް މަޝްވަރާ ކުރުމަށްފަހު ގަވައިދަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި, ޑައިވިން ގަވައިދާ ގުޅިގެން ޑައިވިން ސްކޫލުތަކާއެކު މިދިޔަ ހަފްތާގައި ވޯކްޝޮޕެއް ބޭއްވި ކަމަށެވެ. ނަމަވެސް އެ ވޯކްޝޮޕަށް ވެސް ޑައިވިން ސްކޫލުތަކުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބި, ނިކުމެގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑައިވިން ފީ ނަގަން ނިންމާ ސިޓީ ކައުންސިލުން އާންމުކުރި ގަވައިދާ ހިތްހަމަ ނުޖެހި ޑައިވަރުން ވަނީ މިދިޔަ ހަފްތާ ތެރޭގައި ސިޓީ ކައުންސިލް އިދާރާގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ޑައިވަރުން އިހުތިޖާޖުކޮށް ޑައިވް ކުރަން ނަގާ ފީ ބޮޑުކަމުން, އެ ފީ ތިރި ކުރުމަށެވެ. އަދި ޓައިގާ ޝާކް ބަލަންދާ ޝެޑިއުލް ޑައިވް ސްކޫލުތަކަށް ދޫކޮށްލުމަށެވެ.

ގަވައިދުގެ ދަށުން އޮގަސްޓް މަހުން ފެށިގެން ޝެޑިއުލް ކޮންޓްރޯލް ކުރާނީ ކައުންސިލުންނެވެ. ނަމަވެސް ޑައިވަރުން ބޭނުންވަނީ, ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ޑައިވް ސްކޫލުތަކުން އަމިއްލައަށް ޝެޑިއުލް ހަދައިގެން ކުރިއަށް ދިއުމަށެވެ.

ޑައިވަރުން ބުނީ, މިހާރު އެކުލަވާލާފައިވާ އުސޫލަކީ ލާރި ހޯދަން ހަދާފައިވާ ސްކީމެއް ކަމަށާއި, އޭގެ ބަދަލުގައި ރައްކާތެރި ގޮތުގައި ޑައިވް ކުރެވޭނެ އުސޫލެއް ހަދަން ގޮވާލާފަ އެވެ. އަދި, ކައުންސިލުން, އަމިއްލަ ފަރާތްތަކުން ހިންގާ ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

ފުވައްމުލަކުގެ މަޝްހޫރު ފީނާ ސަރަހައްދު "ޓައިގާ ޝާކް ޕޮއިންޓް" އަށް ފީނުމުގެ އުސޫލުތަކެއް ވެސް ކައުންސިލުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ ސަރަހައްދަށް ފީނާއިރު މިޔަރުގައި އަތްލުމާއި ކާންދިނުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދަށް އެއް ވަގުތެއްގައި އެންމެ ގިނައިން ފޭބޭނީ 35 މީހުންނަށް ކަމަށް ވެސް ވަނީ ގަވާއިދުގައި ކަނޑައަޅައިފަ އެވެ.

ފުވައްމުލަކުގައި ފީނާއިރު މިޔަރަށް އަތްލުމާއި ކާންދިނުން އާންމު ކަމަށް އެ ސަރަހައްދަށް ފީނާ މީހުން ބުނެ އެވެ. އޭގެ ސަބަބުން ގުދުރަތީ ގޮތުން ކާނާ ހޯދުމަށް އެސޮރުމެންނަށް ދަތިތަކެއް ކުރިމަތިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox