އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެ ރަށު ކައުންސިލުން ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

މަންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް އެވެ. މަންދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ނައިބު ރައީސް، އިބްރާހިމް ހުސައިން އެވެ.

ތިން ސަތޭކައެއްހައި މީހުންގެ އާބާދީއެއް އޮންނަ މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްފައި ވަނީ އައިކެއާ ޕްރައިވެޓު ލިމިޓެޑުގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން، އޯގަސްޓު 17، 2016 ގައި އެ ރަށު ކައުންސިލާ ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

Advertisement

މަންދޫ ފެނާއި ނަރުދަމާގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެ ރަށު ކައުންސިލްގެ ނައިބު ރައީސް ވާހަކަދައްކަވަމުން ވިދާޅުވީ އެރަށުގައި އެ ހިދުމަތްތައް ދޭން ފެށުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ އިހުލާސްތެރި މަސައްކަތްތަކަކާއި އެކުގައި ކަމަށެވެ. އަދި އެ ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެވެން ފެށުމަކީ މިހާރުގެ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލައި ރަށްތައް ތަރައްގީ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ފުރިހަމަކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށަށް. ސަރުކާރާއި، އެމްޑީ ޝަރީފް ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި، ކަރަންޓާއި ހަވާލުވެ، މި ރަށަށް ވެސް މިއޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި," އިބްރާހިމް ހުސައިން ވިދާޅުވި އެވެ.

އެއްކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް ބަދަލު ކޮށްދެއްވާފައިވާ ކަމަށާއި ޕެނަލް ބޯޑު ބަދަލުކޮށްދިނުމާއި އެކަންކަމުގެ ސަބަބުން އެރަށުގައި ގިނަ އަދަދެއްގެ ވަޒީފާ އުފެދިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާ ތަކަކީ ވެސް" އިބްރާހިމް ހުސައިން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ވާހަކަދައްކަވަމުން އަހުމަދު ޝަރީފް ވަނީ، އައިކެއާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރާއި، ސްޓެލްކޯގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިފަދަ މަސައްކަތްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ނުވަތަ ސިސްޓަމަކީ މިއީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން." އޭނާ ވިދާޅުވި އެވެ.

މަންދޫގައި ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕުލާންޓާއި 74 ޓަނުގެ ދެ ސްޓޯރޭޖު ހުރެ އެވެ. އެ ޕުލާންޓުތަކުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާނެ އެވެ.

ޝަރީފް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް އަސްލު ބޭނުންވާ މިންވަރަކީ ދުވާލަކު 35 ޓަނުގެ ފެން ކަމަށާއި އެ އަދަދަށް ފެން އުފެއްދުމަށްޓަކައި އެ ސިސްޓަމުން ދޭ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ވަނީ އެރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ހަވާލުވުމުގެ އުފަލުގައި އެރަށު ރައްޔިތުންގެ ތެރެއިން ކޮންމެ ކޮންޒިއުމާއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox