މޯދީގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ މަނީޕޫރް ސްޓޭޓުގައި ހަމަނުޖެހުން ހިންގަމުންދާ މައްސަލައިގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޕާލަމެންޓުން ނިންމައިފި އެވެ.

ބުދަ ދުވަހު އެ މައްސަލަ ހުށަހެޅީ އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރެކެވެ. އެހެން ނަމަވެސް ޕާލަމެންޓުގެ ފުރިހަމަ މެޖޯރިޓީ އޮތީ މޯދީގެ ޕާޓީއަށް ކަމަށް ވާތީ، ވޯޓުން ކުރި ލިބޭނެކަން ޔަގީނެވެ.

އެހެން ނަމަވެސް އެފަދަ ވޯޓެއް ނަގަން ނިންމުމުން މަނީޕޫރްގައި ހިނގަމުންދާ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް މޯދީއަށް ޕްރެޝަރު ބޮޑުވާނެ ކަމަށް އިދިކޮޅު ލީޑަރުން ބުނެ އެވެ.

އެ ސްޓޭޓުގައި އުޅޭ މެއިތެއި ގްރޫޕާއި ކޫކީ ގަބީލާއާ ދެމެދު ހަމަނުޖެހުން ހިނގަން ފެށީ މިދިޔަ މޭ މަހު އެވެ. މިހާތަނަށް 130 މީހުން މަރުވެ، އެތައް ހާސް ބަޔެއްގެ ގެދޮރު ގެއްލިފައިވެ އެވެ.

މިދިޔަ ހަފުތާގައި އެ ސްޓޭޓުގައި ދެ އަންހެނަކު އޮރިޔާންކޮށް، މަގުމަތީގައި ހިންގުވާ ވީޑިއޯއެއް އާއްމުވެ، އެކި ގައުމުތަކުން ނުރުހުން ފާޅުކުރި އެވެ.

އެ ވީޑިއޯގެ ސަބަބުން މަނީޕޫރް މައްސަލައިގައި ފުރަތަމަ ފަހަރަށް މޯދީ އެއްޗެއް ވިދާޅުވި އެވެ. މޯދީ ވިދާޅުވީ ވީޑިއޯގެ ސަބަބުން "އިންޑިއާއަށް ބޮޑު ލަދަކާ ކުރިމަތިވެއްޖެ" ކަމަށެވެ.

މި ހަފުތާގެ ކުރީކޮޅު ހޯމް މިނިސްޓަރު އަމިތު ޝާހް ވިދާޅުވީ ހަމަނުޖެހުން ހުއްޓުވުމުގެ މަޝްވަރާއަށް ސަރުކާރުން ތައްޔާރުވާ އިރު، އިދިކޮޅު އެކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

މިއީ 2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިތުބާރު ނެތްކަމުގެ މައްސަލައަކާ ކުރިމަތިވި ދެ ވަނަ ފަހަރެވެ.

މީގެ ކުރިން 2018 ގައި މައްސަލަ ހުށަހެޅީ އަންދްރަ ޕްރަދޭޝް ސްޓޭޓަށް ހާއްސަ ގޮތްތަކަށް އަމަލުކުރާ ކަމަށް ބުނެ އެވެ. އެ ފަހަރު 12 ގަޑިއިރުގެ ބަހުސަކަށް ފަހު މައްސަލަ ފާހެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox