ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރިހަމަ ކުރުމަށް ފަހު، ޕީޕީއެމްގެ ސެކްރެޓޭރިއަޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއްޔެ ހަވާލުކުރި އެވެ.
ރިޔާސީ އިންތިހާބަށް 45 ދުވަހަށް ވެފައިވާއިރު, ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
އެެހެންވެގެން އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ކެންޑިޑެސީ ފޯމު ޔާމީން ފުރުއްވުމުގެ ކަންކަމުގައި ޕީޕީއެމްގެ ފަރާތުން, ކަރެކްޝަންސްގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ. އަދި, އެކަމުގައި އެ ޕާޓީއަށް ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ފޯމާއި އެމަނިކުފާނުގެ ކުށުގެ ރެކޯޑު ސާފުކުރާ ފޯމުގައި ޖަހަން ޖެހޭ ކަރެކްޝަންސްގެ ތައްގަނޑު ވެސް ޖަހާފައި ޕާޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޝަންގެ ތިން މެމްބަރެއްގެ އަޣުލަބިއްޔަތުން ފާސްކުރި ނަމަވެސް، މަގާމުން ވަކިކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، މަގާމުން އިސްތިއުފާ ދޭން ނުވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަހޭ ހުރި މީހަކު ނުކުރާނެ އިނގޭތޯ [އެކަމެއް] އެފަދަ ވަޒީފާއެއްގަ ހުރެފަކާ މިފަދަ ދަނޑިވަޅެއްގައެއް، ދެން އެއަށްވުރެ މާ ރަނގަޅު އެބޭފުޅުން އަޅުގަނޑާ ދޭތެރޭ ހިތްހަމަ ނުޖެހެންޏާ އެބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވުން، އަޅުގަނޑެއް ހަމަގައިމުވެސް އިސްތިއުފާއެއް ނުދޭނަން,"
ދުވަހުގެ ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕްގައި އއްޔެ ހަވީރު ކުޅުނުގެ މެޗްތަކުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












