އެސްޓީއޯ އިން ބީއެމްއެލް ބަލިކުރިއިރު، އެމްއޭސީއެލް އަށް މޮޅެއް

Jul 23, 2023, 4:51 AM
އެސްޓީއޯ ޓީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެސްޓީއޯ ޓީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި އެސްޓީއޯ ކުޅުނު ފުރަތަމަ މެޗުން 3-0 އިން ޔުނައިޓެޑް ބީއެމްއެލް ބަލިކުރިއިރު، އެމްއޭސީއެލް އިން ޕޮލިސް ކްލަބްގެ މައްޗަށް 3-0 އިން ރަނގަޅު މޮޅެއް ހޯދައިފި އެވެ.

ގްރޫޕް އީގައި ރޭ ކުޅުނު މެޗުން ބީއެމްއެލް ކޮޅަށް އެސްޓީއޯ އިން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމަށް ލީޑުނަގައިދިން ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅުގައި އިސްމާއިލް އީސާ (މެސީ) ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ގޯލު މެޗުގެ ފަހުކޮޅުގައި ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު އިސާމް އެވެ.

ގްރޫޕް ޑީގައި އެމްއޭސީއެލް އިން ޕޮލިސް ކޮޅަށް ގޯލުތައް ޖެހީ، އަޒްޔާން އިބްރާހިމް، އަޖުމަލް އަހުމަދު އަދި އަލީ ޝާފިއު އެވެ.

އިއްޔެ ހަވީރު، ގްރޫޕް ސީގައި ޓީމު އެލައިޑާއި ގޭސް ކްލަބް ކުޅުނު މެޗު 4-4 އިން އެއްވަރުވިއިރު، މި ނަތީޖާއާ އެކު އެ ގްރޫޕުން ފުރަތަަމަ ދެ މެޗުން މޮޅުވި އެމްޕީއެލް ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. އިއްޔެގެ މެޗުގައި އެލައިޑްގެ ގޯލުތައް ޖެހީ އަހުމަދު ސުދައިސް އަލީ ދެ ގޯލާއި އަބްދުﷲ ޒުފަަރު މުހައްމަދު އަދި އަލީ އަމްޖަދު އެވެ. ގޭސް ކްލަބްގެ ނާއިފް ޝަފީގު (ސީއާރް3) ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ހަސަން ސުފިއާން އަދި އަބްދުﷲ ހިޝާން އެވެ.

ސިފައިންގެ ކްލަބާއި އާސަންދަ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރޫޕް އެފްގައި ރޭ ކްލަބް އާސަންދަ އަތުން ދިވެހި ސިފައިންގެ ކްލަބް ވަނީ 3-1 އިން މޮޅުވެފަ އެވެ. ސިފައިން ޓީމުގެ އަހުމަދު ހާމީ ނަޖާހު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އިބްރާހިމް ފާރިޝް އަހުމަދު އެވެ. އާސަންދަ ޓީމުގެ ލަނޑު ޖެހީ މުހައްމަދު އަނާން އެވެ.

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ރޭ ދެ މެޗެއް ކުޅުނެވެ. ޓީމު އެމްވައިއެސް (ޔޫތު މިނިސްޓްރީ) އާއި ޓްރޭޑް ކްލަބްގެ މެޗު 2-2 އިން އެއްވަރުވިއިރު، ހުޅުމާލެ ހޮސްޕިޓަލް އަތުން ޕީއެސްއެމް ބަލިވީ 4-2 އިންނެވެ. ޔޫތު މިނިސްޓްރީގެ ލަނޑުތައް ޖެހީ ފަރުހާން ޔޫސުފް އެވެ. ޓްރޭޑް ކްލަބުން ގޯލު ޖެހީ އަބްދުﷲ އިރުފާން އާއި އާދަމް އާޒިމް އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ގޯލުތައް ޖެހީ އަހުމަދު ހުމާމް ދެ ގޯލާއި އަހުމަދު އިލްޔާސް ޝިނާން އަދި މޫސާ ކަލީމް ގާސިމް އެވެ. ޕީއެސްއެމްގެ ދެ ގޯލު ޖެހީ، ހުސެއިން ހަމީދު އާއި ހުސެއިން އަމީން ނަސީރު އެވެ.

ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ މެޗުތައް ދެން އޮންނާނީ މިރެ އެވެ. އެ ގޮތުން، 20:15 ގައި ފަށާނީ ކްލަބް މޯލްޑިވްސް ކްލަސިކްގައި އެޗްއެސްޕީއެން އާއި ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބް ބައްދަލުކުރާ މެޗާއި ކްލަބް މޯލްޑިވްސް ކަޕްގައި ކްލަބް ފެން އާއި ޕްރިޒަން ކްލަބް ބައްދަލުކުރާ މެޗެވެ. އެ އަށް ފަހު، 21:45 ގައި ކުޅޭނީ ޓީމު ފެނަކަ އާއި މީޑިއާނެޓްގެ މެޗާއި އާރްއާރްސީ އަދި ކްލަބް ޓީއެމްއޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox