އާބަންކޯ އާއި އެމްޕީއެލް ގަދަ 16އާ ގާތަށް

Jul 22, 2023, 6:24 AM
އިމިގްރޭޝަން ޓީމުގެ ވިސާމް (ކ) ޓެކަލް ކުރުމަށް ފަހު އާބަންކޯގެ ޝާފިއު އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިމިގްރޭޝަން ޓީމުގެ ވިސާމް (ކ) ޓެކަލް ކުރުމަށް ފަހު އާބަންކޯގެ ޝާފިއު އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުތަކުން މޮޅުވެ، ކްލަބް އާބަންކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުބާރާތުގެ ގަދަ 16 ބުރާ ގާތަށް ޖެހިލައިފި އެވެ.

ގްރޫޕް ސީގައި ރޭ އެމްޕީއެލް އިން ވަނީ 10-2 ކްލަބް ޓީޓީއެސް ބަލިކޮށްފަ އެވެ. އެމްޕީއެލް، އެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕް ޑީގައި ކްލަބް އިމިގްރޭޝަން އަތުން 4-0 އިން މޮޅުވެ، އާބަންކޯ ވަނީ އެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ޓީމު އެފްއެސްއެމް އެވެ.

އެމްޕީއެލް ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދާއި އީރާންގެ ކުޅުންތެރިޔާ، މަހުދީ ބަހްމާނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، އަހުމަދު ހުސެއިން (އައްމަޑޭ)، މުހައްމަދު ވިޝާހު އިބްރާހިމް، އިބްރާހިމް އަތީގް ހަސަން (އިއްބެ)، މުހައްމަދު ސާދު ނިޒާރު އަދި މުހައްމަދު ޔަފާއު (ޔާ) އެވެ. ޓީޓީއެސްގެ ލަނޑުތައް ޖެހީ މުހައްމަދު ނާފިއު އާއި އަހުމަދު ރިޒްވާން އިސްމާއިލް އެވެ.

ލަނޑު ޖެހުމަށް ފަހު އެމްޕީއެލް ޓީމުގެ ބަހްމާނީ (ވ) އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާބަންކޯގެ ކެޕްޓަން، އަބްދުﷲ ޝާފިއު (ޝާއްޕެ) ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ރޭގެ މެޗުގައި އިމިގްރޭޝަން ކޮޅަށް ވަނީ ގޯލު ޖަހައި، މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ ހުސެއިން ސުހެއިލް، ޔާމިން މުހައްމަދު އަދި މުހައްމަދު ސާމިން ނަސީރު އެވެ.

މީރާ އާއި ވެމްކޯ މޮޅުވިއިރު، ޕްރިޒަން އާއި ޔޫތު މިނިސްޓްރީ އެއްވަރު

ކްލަބް މޯލްޑިވްސް، އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި އިއްޔެ ތިން މެޗެއް ކުޅުނެވެ. އެ ގޮތުން، ގްރޫޕް އޭގައި ވެމްކޯ އިން ވަނީ 11-0 އިން އައިޖީއެމްއެޗް ކްލަބް ބަލިކޮށްފަ އެވެ. ވެމްކޯގެ ފަޒްލާ އިބްރާހިމް ފަސް ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ފާތިމަތު ލީސާ ދެ ގޯލާއި މަރިޔަމް ލަމީސް، އައިމިނަތު ޝިޔާނާ މުހައްމަދު، އައިމިނަތު ޝުދާ އަދި އައިމިނަތު ރިސްމާ އެވެ.

އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި ވެމްކޯ އާއި އައިޖީއެމްއެޗް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރޫޕް ބީގައި މީރާ އިން ސަލީމާ ސަމީރުގެ ގޯލުން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރިއިރު، އެ ގްރޫޕްގައި ޕްރިޒަން ކްލަބާއި ޔޫތު މިނިސްޓްރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުގެންނެވެ. މިނިސްޓްރީ ޓީމުގެ ސަދާ އެ ޓީމަށް ލީޑުނަގައިދިން ފަހުން، ޕްރިޒަންގެ ޝިބާހަތު ވަނީ އެއްވަރުކޮށްފަ އެވެ.

މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، މިއަދު ހަވީރު ކުޅޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސީ އާއި ޑީގެ މެޗުތަކެވެ. އެލައިޑުން ކުޅޭނީ ގޭސް ކްލަބާ އެވެ. އަދި އެމްއޭސީއެލް ބައްދަލުކުރަނީ ޕޮލިހާ އެވެ. މިރޭ، 20:05 ގައި ކުޅޭނީ ކްލަބް މޯލްޑިވްސް ކްލަސިކްގެ ގްރޫޕް އޭގައި ޓްރޭޑް ކްލަބާއި ޔޫތު މިނިސްޓްރީ ކުޅޭ މެޗާއި ގްރޫޕް ބީގައި ހުޅުމާލެ ހޮސްޕިޓަލާއި ޕީއެސްއެމް ބައްދަލުކުރާ މެޗެވެ. އަދި މިރޭ ފަހު ދެ މެޗަށް ބަލާއިރު، ކްލަބް މޯލްޑިވްސް ކަޕްގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ޔުނައިޓެޑް ބީއެމްއެލްއާ ބައްދަލުކުރާއިރު، ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އާސަންދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox