ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެންސްޕާ އަދި ވީރާ ގެ ކައުންޓަރެއް ހުޅުވައިފި އެވެ.
މި ދެ ކައުންޓަރު ރަސްމީކޮށް ހުޅުވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
މި ކައުންޓަރުތައް މެދުވެރިކޮށް ސިއްހީ ފަރުވާއަށް ސަރުކާރުގެ އެހީއަށް އެދިލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި އަދި ސަރުކާރުގެ ސިއްހީ ވެލްފެއާ ޕްރޮސެސްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ލިބިގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ އާ ހިދުމަތްތައް ފަށައި، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. މިހާރުވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.











